އެއިރެއްގެ ވެރިކަމުގައި ތިބޭ ބަޔަކު ވެރިކަން ނިންމާލާފައި ދާއިރު ދައުލަތް "ދަވާލައިގެން" ދިއުމުން އެހީތެރިވާން ތިބޭ އަވަށްޓެރިންނަށް ސިޔާސީ މަންފާ ހޯދުމަށް ފާޑުވިދާޅު ނުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކު އެދިވަޑައިގެންފިއެވެ.

އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި އަވަށްޓެރި އިންޑިޔާއަށް ފާޑުކިޔައި ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި މޫސަ ވިދާޅުވީ ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު އަތުޖެހުނު އެއްޗެއް ހިފައިގެން ދާއިރު ޤައުމަށް ވާނެ ގޮތަކާއިމެދު ނުވިސްނާކަމަށެވެ. އެހާލަތުގައި އޮންނަ ސަރުކާރުން ރައްޔިތުންގެ ކަންކަން ހަމަޖެއްސުމަށް އަވަށްޓެރިންގެ ކައިރިއަށް ދާންޖެހޭއިރު ހުއްޓުމެއްނެތި އަވަށްޓެރި ޤައުމުތަކަށް ފާޑުކިއުމަކީ ދެރަކަމެއްކަމަށް މޫސަ ވިދާޅުވިއެވެ.

ޚާއްސަކޮށް ވެރިކަން ކުރައްވާފައިވާ ބޭފުޅަކު އިސްވެ ހުންނަވައިގެން އަވަށްޓެރި އިންޑިޔާއަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާކަމީ ހިތާމަ ކުރައްވާކަމެއްކަމަށް މޫސަ ވިދާޅުވިއެވެ. ކޮންމެ ހާލަތެއްގައިވެސް އިންޑިޔާއަކީ ރާއްޖެއަށް ހެޔޮއެދޭ ޤައުމެއްކަން ތާރީހުންވެސް ފެންނަން އޮތް އިރު ވެރިކަމުގެ ޝައުގުގައި އިންތިޚާބީ ސަރުކާރާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހެން ޤައުމުތަކުގެ ނަން ބޭނުން ނުކުރުމަށް މޫސަ ވަނީ ރައީސް ވަހީދަށް ގޮވާލައްވާފައެވެ.

"ވަހީދެއްކަމަކު މިވަގުތު ވިސްނަވާ. އިންޑިއާއިން މިޤައުމުގެ ރައްޔިތުންނަށް އެހީ ވަނީ މިތާނގެ އިންތިޚާބީ ސަރުކާރުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދޭތީ ވެރިކަންލިބޭއިރަށް ބެއިތުލްމާލު ދަވާލައިގެން ދިޔައީމަ ކާޑުކޮޅުހޯދަންވެސް ޖެހެނީ އަވައްޓެރިންނަށް ސަލާންޖަހަން." ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

ކޮންމެ ހާލަތެއްގައިވެސް އިންޑިއާއަކީ ރާއްޖެއަށް ހެޔޮއެދޭ ގައުމެއް ކަމުގައި މޫސަ ވިދާޅުވި ނަމަވެސް އިންޑިއާ ހިތްހަމަ ނުޖެހޭ ސަރުކާރެއް ވެރިކަމުގައި އޮތިއްޔާ ރާއްޖެއަށް ދަތި ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅާފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. އެގޮތުން ޑރ. ވަހީދުގެ ވެރިކަމުގައި އިންޑިއާއިން ވަނީ ޖީއެމްއާރް އަތުން އެއަރޕޯރޓް އަތުލި މައްސަލައިގައި ތަފާތު ގޮތްގޮތުން ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާއިން ބަޖެޓް ސަޕޯޓުގެ ގޮތުގައި ދިން ލޯނު އެހީ ވެސް ވަގުތުން ދައްކާ ޚަލާސް ކުރުމަށް އަންގައި ފިއްތުންތައް ކުރިމަތިކޮށް ރާއްޖޭގެ ރައްޔިތުން ސިއްހީ ފަރުވާއަށް ވެސް ވިސާ ނަގައިގެން ނޫނީ އިންޑިއާއަށް ނުދެވޭ ގޮތަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅިކަން ފާހަގަކޮށްލެވެއެވެ.

ކޯވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މިހާލަތުގައި ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި އެކި ކަންކަން އަޅުވާއިރު މިކަންކަން ކުރަނީވެސް ސިޔާސީ ޕާޓީތަކުންކަމަށް މޫސަ ވިދާޅުވެފައިވެއެވެ. ރައްޔިތުން މިއަދުވެސް އާދޭސް ކުރަމުންދަނީ ބަލިން ރައްކާތެރިވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ޞިއްހީ ދާއިރާގެ ބޭފުޅުން ދެއްވާ އިރުޝާދުތަކަށް ބޯލެބުންކަމަށްވާއިރު އެކަންކަމަށް އިޖާބަ ނުދޭނީ ޤައުމަށް ހެޔޮއެދޭނެ ބައެއް ނޫންކަމަށް މޫސަ ވިދާޅުވިއެވެ.

"ސިޔާސީ އެއްބަޔަކު އަނެއްބަޔަކަށް މާސްކުނާޅާ ސިޔާސީ ހަރަކާތްކުރާވާހަކަ ނުގޮވާ. ކޮންމެބަޔަކުވެސް ދިވެހި ރައްޔަތުންނަށް އިޙްތިރާމްކޮށް މި ބަލިން މިންޖުވާން ކުރެވެންހުރި ކަންކަމާ އެކީ ސިޔާސީ ހަރަކާތް ހިންގަވާ، އާދޭސް!" މޫސާ މަނިކު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަނޑުކަން ބޮޑުވެފައިވާ މިދަނޑިވަޅުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން މުޅި ރާއްޖޭގައި މުޒާހަރާ ކުރުމާއި ގުޅިގެން ގިނަބަޔަކު ދަނީ އެކޯލިޝަނަށް ފާޑުކިޔަމުންނެވެ. ގައިންގަޔަށް އަރާ ފަރުވާއެއް ނެތް ބައްޔެއް ފެތުރެމުންދާ މިހާލަތުގައި، ސިޔާސީ ކޮންމެ ބަޔަކު ކުރި ކަމެއްކަމުގައި ވީނަމަވެސް މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމުގައި ގިނަބަޔަކު ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ކިޖަލް

04-Sep-2020

އިންޑިޔާއަކީ ރާއްޖެއަށް ހެޔޮއެދޭ ގައުމެއްނޫން އަޅުވެތި ކުރުމަށް އުޅޭ ބައެއް


7

އައިޝަތު

01-Sep-2020

ތެދެއްވާނީ މޫސަބުނިޔަސްތެދަކައް



ޓްރެންޑިން