ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
އަފްޣާނިސްތާނަށް ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ ގިނަ ބަޔަކު މަރުވުމާ ގުޅިގެން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، އަފްޣާނިސްތާނުގެ އެކްޓިންގ ފޮރިން މިނިސްޓަރ މުހައްމަދު ހަނީފް އަތުމާރް އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވެރިރަށް ކާބުލް އާ އިންވެގެން އޮންނަ ޕަރްވާން ޕްރޮވިންސަށް މިދިޔަ ހަފްތާގައި ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 90 އަށްވުރެ ގިނަ މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި 1500 އަށްވުރެ ގިނަ ގެތައް ހަލާކުވެ، ގިނަ ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. ޕަރްވާންގެ އިތުރުންވެސް 7 ޕްރޮވިންސްއަކަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވެއެވެ.

ޝާހިދު ފޮނުއްވި ތަޢުޒިޔާގެ މި މެސެޖްގައި، ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި ކޯވިޑް-19 ގެ މިދަނޑިވަޅުގައި އަފްޣާނިސްތާނަށް ކުރިމަތިވި މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްޣާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މީހުން ސަލާމަތްކުރުމާއި ރިކަވަރީގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މަސައްކަތަށް ކާމިޔާބީއަށް މިނިސްޓަރ އެދިވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން