ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރުމަށް ނިކުމެ މިތިބީ މިސަރުކާރުން ނުހައްގުން ހައްޔަރުކޮށް ދައުވާކޮށް ހުކުމް ކުރާނެކަންވެސް އެނގިތިބެ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ހިންގާ އަނިޔާވެރި އަމަލުތަކާއި، ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރަމުންދާ ކަންކަމާއި ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ކުރަމުންދާ އިހްތިޖާޖްތަކާއި ގުޅޭގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ގޮތުން ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާ ކުރަން ނުކުމެތިބީ ކުރިމަތިވާނެ ހުރިހާ ގޮންޖެހުމެއް އެގިގެން ކަމަށެވެ.

މިސަރުކާރާއި ދެކޮޅަށް ކޮންމެ ހާލަތެއްގައިވެސް ނުކުންނަން ޖެހުމުން ނުކުންނާނެ ކަމަށާއި، މުޒާހަރާކޮށްގެން ނުހައްގުން ހައްޔަރުކޮށް ދައުވާކޮށް ހުކުމް ކުރާނެކަމީވެސް އެގޭކަމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް މިއިންކަަމަކަށް ބިރުން އިދިކޮޅު ލީޑަރޝިޕް ފަހަތަށް ނުޖެހޭނެ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރަން ނިކުމެ މިތިބީ މިސަރުކާރުގެ އަނިޔާވެރިކަން އެގިތިބެ. ނުހައްގުން ހައްޔަރު ކުރާނެކަމާއި، ދައުވާ ކުރާނެކަމާއި، ހުކުމްވެސް ކޮށްފާނެކަމަށް ބަލައިގެން. މިއީ ދިވެހިލޭ ހިނގާ ދިވެހި ދަރިން." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާތަކާއި އިހުތިޖާޖުތަކާއި ގުޅިގެން ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، އާންމު މެމްބަރުން ކިތަންމެ ވަރަކަށް ފުލުހަށް ހާޒިރުކުރިޔަސް އެކަމާއި ބިރުން ފަހަތަށް ނުޖެހޭނެކަމަށެވެ. އިދިކޮޅު ލީޑަރޝިޕަކީ އެއަށްވުރެ މާކެރޭ ސާބިތުކަމާއިއެކު އޮތް ގައުމާއި ވަތަންދެކެ ލޯބިވާ ޓީމެއްކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

"މިސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ޕީޕީއެމް/ ޕީއެންސީގެ ލީޑާޝިޕް ގައި ހިމެނޭ މީހަކުވެސް ކައުންސިލްގެ އަދި އާންމު މެމްބަރަކުވެސް ނުހުއްޓުވޭނެ. ވީޕީ ޝުޖާ އަކީ ބޮޑު ތިލަދުންމަތީގެ ފަހުރުވެރި ދަރިއެއް. ފަހަތަކަށްނުޖެހޭނެ. މީ ބަދަހި ޓީމެއް. މިއީ ދިވެހި ޤައުމީ ޓީމް." އަބްދުއްރަހީމް ވިދާޅުވިއެވެ.

"ރާއްޖެވިއްކާލުމާއި ދެކޮޅަށް،" ނަމުގައި އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި ކުރި ބޮޑު އިހުތިޖާޖާއި ގުޅިގެން އެކޯލިޝަންގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ފޮނުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން