އަންނަ އަހަރު ފަހުކޮޅު ބަންގްލަދޭޝްގެ އާންމު އިންތިހާބު ބާއްވަން އަމާޒު ހިފާފައިވާ ކަމަށް އެ ގައުމުގެ ވަގުތީ ލީޑަރު މުހައްމަދު ޔޫނުސް ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު ޔޫނުސް ވިދާޅުވީ އަންނަ އަހަރު ފަހުކޮޅު އިންތިހާބު ނުބޭއްވޭ ނަމަ 2026 ގެ ކުރީކޮޅު އިންތިހާބު ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މުހައްމަދު ޔޫނުސް ބަންގްލަދޭޝް ހިންގެވުމާ ހަވާލުވެވަޑައިގެންނެވީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ ދެކޮޅަށް އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ކުރި މުޒާހަރާތަކާ ގުޅިގެން ހަސީނާ އިސްތިއުފާ ދެއްވުމުންނެވެ. އަދި ހަސީނާ ވަނީ ގައުމު ދޫކުރައްވައި ފިއްލަވާފައެވެ.
އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ބަންގްލަދޭޝްގެ ބޮޑުވަޒީރު ހަސީނާއާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް ތިބީ އެގައުމުގެ ޔުނިވަސިޓީތަކުގެ ދަރިވަރުންނެވެ.
ގައުމު ދޫކުރައްވައި ހަސީނާ އަވައްޓެރި އިންޑިއާ އަށް ވަޑައިގެންނެވީ އޮގަސްޓް މަހުގެ ފަހެއްގައެވެ. ގައުމު ހިންގެވުމާ ޔޫނުސް، 84، ހަވާލުވެވަޑައިގަތީ އޮގަސްޓް އަށެއްގަ އެވެ.
ޔޫނުސް ވިދާޅުވި ގޮތުގައި އާންމު އިންތިހާބަކާ ދިމާއަށް ބަންގްލަދޭޝްގެ މިސްރާބު ހުރި އިރު، މި އިންތިހާބަކީ ހުރިހާ ފަރާތްތަކަށް ވެސް އެއްބަސްވެވޭ ދަނޑިވަޅެއްގައި ބޭއްވޭ އިންތިހާބަކަށް ހައްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު