މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު އެއްވުމާއި ގުޅިގެން ކުރީގެ ރައީސް ޑރ.ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަ އަންގައިފިއެވެ.

"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ނަމުގައި މުޅި ރާއްޖެއާއި، މާލޭގައި ކުރި މުޒާހަރާތަކާއި ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރުވެ ވަޑައިގެންނެވުމަށް އަންގާފައިވަނީ މިއަދު ހަވީރު 4 ޖަހާއިރަށެވެ. އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވެފައިވާއިރު، މި އެއްވުމުގައި އެޗްޕީއޭގެ ގައިޑްލައިންއާއި، ޚިލާފަށް އެއްވެސް ގައިދުރުކަމެއްނެތި، ބައެއް މީހުން ތިބީ މާސްކުވެސް ނާޅައެވެ.

އިދިކޮޅު ޕީޕީއެމުން ހުކުރު ދުވަހު ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މާނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


9

ހަސީބަތު

30-Aug-2020

އަންނިވެސް ހާޒިރު ކުރޭ.. އޭނާވެސް މާސްކުނާޅާ ހުރެ ވިޔަފާރި ކުރީ.. ފޮތްވިއްކުމުގެ ވިޔަފާރި އުނގުވިޔަފާރިކުރީ..



ޓްރެންޑިން