ސަރުކާރުން ފުލުހުންގެ މުއައްސަސާ ސިޔާސީ ކުރާކަމުގައިވާނަމަ އެކަމުގެ ނުރައްކާ ބޮޑުވާނެކަަމަށްބުނެ ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް އިންޒާރެއް ދެއްވައިފިއެވެ.

ކޯވިޑް-19ގެ ހާލަތުގައި އިދިކޮޅުން ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސްސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ފުލުހަށް ހާޒިރުވުމަށް އަންގާ އެންގުންތަކާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ މިހާލަތުގައި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ނާޖައިޒް ފައިދާ ނަގަން އުޅޭނަމަ އެކަމުގެ ނުރައްކާ ބޮޑުވާނެކަމަށެވެ.

ނަމަވެސް ޑރ.ޖަމީލް އެވިދާޅުވާ ނުރައްކަލަކީ ކޮންގޮތަކަށް ކުރިމަތިވާނެ ނުރައްކަލެއް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. ޑރ.ޖަމީލް ވިދާޅުވީ ކޯލިޑްގެ ހާލަތު ރާއްޖޭގައި މިހާބޮޑުވީ ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފްވުމުން ކަމަށެވެ. ޖަމީލުގެ ޓުވީޓްގައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފުވި ކަމަށް ހާމަކުރުމަށް އެފަދަ ބައެއް މަންޒަރު ފެންނަ ފޮޓޯތައްވެސް ހިއްސާ ކުރައްވާފައެވެ.

"ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފްވުމުން. ޕީޕީއެމް/ ޕީއެންސީ ގޯސްވީ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އޮތްވަރު ހާމަވުމުން. ފުލުހުން ސިޔާސީ ކުރުމުގެ ނުރައްކާ ބޮޑުވާނެ. ޝުޖާއު/ ޕާޓީން އަދާކުރީ ޤާނޫނީ ޒިންމާ. އިޙްތިޖާޖް މިހާރު ހަޖަމުނުވަނީތޯ؟" ޑރ.ޖަމީލް ވިދާޅުވިއެވެ.

އިދިކޮޅުން މާލޭގައި މިދިޔަ ހުކުރުދުވަހު ކުރި އިހްތިޖާޖްތަކާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ އިސްވެރިންގެ ތެރޭގައި ހިމެނޭ ކުރީގެ ރައީސް ޑރ.ވަހީދާއި، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ފުލުހަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ. އަދި ފުލުހުންނާއި ރައީސުލްޖުމްހޫރިއްޔާވެސް ވަނީ އެޗްޕީއޭގެ ގައިޑް ލައިނާއި ޚިލާފަށް މުޒާހަރާ ކުރި ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ބޮޑިބަތް

30-Aug-2020

ކަލޭހީކުރަނީ ތިގޮތަށް ބިރުދައްކާގެން ކޮށްމެފަހަރަކު ބަގާަވަތްކުރެވޭނެކަމަށްތަ



ޓްރެންޑިން