ދެ ކިލޯއެއްހާ މަސްތުވާތަކެތި އެތެރެކުރި ބިދޭސީ ދެމަފިރިންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އަވައްޓެރި އިންޑިއާއަށް ނިސްބަތްވާ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އެގައުމުގެ އަންހެނެކެވެ.
މިދިޔަ އޮކްޓޫބަރު މަހު އެ ދަމަފިރިން ގެނައި ލަގެޖަކުން 1.9 ކިލޯގެ މަސްތުވާތަކެތި ފެނުނު އިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެއެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން މި މަހުގެ 26ގެ ކުރިން އެ މައްސަލައިގައި ދައުވާކުރެވޭނެކަމަށް ދައުލަތުގެ ވަކީލު ބުނެފައި ވެއެވެ.
އެ މައްސަލައިގައި އެ ދެ މީހުންގެ ބަންދަށް އިއްޔެ ވަނީ އިތުރު 30 ދުވަސް ޖަހައިދީފަ އެވެ.
މި މައްސަލައިގައި ޝަރީއަތުގެ ބަންދު މަޖިލީހުގައި މީގެކުރިން މި ދެ މީހުން ވެސް ވަނީ އެއީ މީހަކު ހަވާލުކުރި އެއްޗެއް ކަމަށާއި، ލަގެޖް ޗެކްކުރިއިރު އެއްވެސް އެއްޗެއް ނެތް ކަމާއި، އޭގައި އެއްވެސް އެއްޗެއް ފޮރުވާފައި ހުރިކަން ނޭނގޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު