ރައީސް ޑރ. މުހައްމަދު ވަހީދަކީ ޤައުމުގެ ހައްގުގައި ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއްނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ ގައިޑްލައިނާއި ޚިލާފަށް މާލޭގައި ބޭއްވި އެއްވުމާއި ގުޅިގެން ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުވާން އަންގާފައިވާ އެންގުމާއި ގުޅިގެން ޕީއެންސީގެ ރައީސް ވިދާޅުވީ ރައީސް ވަހީދަކީ ޤައުމުގެ ހައްގުގައި ފަހަތަށް ޖެހޭނެ ބޭފުޅެއްނޫންކަމަށެވެ. އެމަނިކުފަނަކީ އަބަދުވެސް ޤައުމާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ ބޭފުޅެއްކަން މިހާތަނަށްވެސް ހާމަކޮށްދެއްވާފައިވާ ބޭފުޅެއް ކަމުގައި އަދުރޭ ވިދާޅުވިއެވެ.

"ރައީސް ވަހީދަކީ ޤައުމުގެ ހައްގުގައި ފަސްޖެހި ވަޑައި ގަންނަވާނެ ބޭފުޅެއް ނޫންކަން އެންމެ ރަނގަޅަށް އެގޭނީ އެމްޑީޕީގެ ސަރުކާރަށް. ވާދަވެރި ސިޔާސީ ހަރަކާތްތަކަށް ނުކުމެ ވަޑައިގެން މިއަދުވެސް އެހުންނެވީ ރައްޔިތުންގެ ފަޅީގަ. ޕީޕީއެމް ޕީއެންސީގެ ވަރުގަދަ ލަސްކަރުގަ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މި އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 16:00 އަށެވެ. އިދިކޮޅު ޕީޕީއެމުން ކުރިއަށްގެންދިޔަ ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ޚިލާފަށް ހަރަކާތްތެރިވެފައިވާތީ އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މާލޭގައި މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަކީ ކޯވިޑް-19 އާއި ގުޅިގެން 5 މީހުންނަށްވުރެ ގިނައިން އެއްފަރާ އެއްތަނަކަށް ޖަމާނުވުމަށް އެޗްޕީއޭއިން ކަނޑައަޅައި އެކަން ތަންފީޒު ކުރުމަށް ފުލުހުންނަށް އަންގާފައިވަނިކޮށް ބޭއްވި އެއްވުމެކެވެ. މިއެއްވުމުގައި ގިބަޔަކު ބައިވެރިވެފައިވާއިރު، އިސްކޮށް ހަރާކާތްތެރިވި ބޭފުޅުން ގައިދުރުކަމެއް ނެތި މާސްކުވެސް އަޅާފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން