ހުކުރު ދުވަހުގެރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ތުހުމަތު އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅޭގޮތަށް ރާއްޖެޓީވީން ދައްކާފައިވާ ވާހަތަކާއިމެދު ފިޔަވަޅު އަޅައިދިނުމަށް ޕީޕީއެމް/ ޕީއެންސީން ބްރޯޑްކޮމް އަށް ހުށަހަޅައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާއަށް އެޑްރެސްކޮށް ޕީޕީއެމް/ ޕީއެންސީން ފޮނުވާފައިވާ ސިޓީގައިވަނީ އަލިފާނުގެ ހާދިސާގެ ތުހުމަތު އިދިކޮޅު ފަރާތްތަކުގެ ބޮލުގައި އެޅުވުމަށް ރާއްޖެ ޓީވީން ފަތުރާފައިވާ ޚަބަރަކީ ކަނޑައެޅިގެން ދޮގުހަބަރެއްކަމަށެވެ. އަދި މިކަމުގައި މީޑިޔާ ރެގިއުލޭޓްކުރާ ފަރާތުގެ ހައިސިއްޔަތުން މިކަން ބަަލައި ރާއްޖެ ޓީވީއާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ސިޓީގައި ވަނީ ގޮވާލާފައެވެ.
ބޮޑުތަކުރުފާނު މަގުގައި ހުރި އިމާރާތްތަކެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް މި ދަނޑިވަޅުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.
"ރާއްޖެ ޓީވީއަށް ނިސްބަތްވާ އެ ޗެނަލްގެ ވެރިފައިޑް "ރާއްޖެޓީވީ ޓުވިޓަރ އެކައުންޓުން" އާންމުކޮށްފައިވާ ޚަބަރުގައި ވަނީ "ރާއްޖެ ވިއްކާލަނީ އޭ ކިޔާ ޕީޕީއެމްޕީއެންސީ އިން މުޒާހަރާ ކުރިތާ ގިނައިރު ތަކެއް ނުވެ އެސްބީއައި އާއި ޖެހިގެން ހުރި އިމާތުގައި ރޯވުން!" މިހެން ލިޔެ އަލިފާނުގެ ހާދިސާގެ ވީޑިއޯ އާންމުކޮށްފައެވެ. މިއީ، ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާ އާއި ގުޅުވުމަށް ރާއްޖެޓީވީއިން ނެރެފައިވާ ޚަބަރެއްކަމުގައި ދެކެމެވެ. އަދި މި ޢަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް މި ކޯލިޝަނުން ނުދެކެމެވެ." އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އަދި މިމައްސަލަ ވީއެންމެއަވަހަކަށް ބައްލަވާދެއްވައި ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާ އިދިކޮޅު ކޯލިޝަން ބަދުނާމުކުރުމަށް ގަސްދުގައި ރާއްޖެޓީވީއިން އެކި ގޮތްގޮތުން ކުރަމުންދާ މި ފަދަ މަސައްކަތްތަކާމެދު ފިޔަވަޅު އަޅައި ދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު