މައްޗަންގޮޅި ގެއެއްގެ ބެރިއަކުން ބައެއް މަގުމައްޗަށް ވެއްޓި މަގުމަތިން އެވަގުތު ހިނގާފައި ދިޔަ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 10:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
ބެރިން ނެއްޓިގެން ވެއްޓުނު ގާބުރިން ޖެހުނީ ހިނގާފާ ދިޔަ = މީހާގެ ބޮލުގައެވެ. އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު، ލިބުނު އަނިޔާގެ ބޮޑުމިނެއް ސާފެއް ނުވެއެވެ.
މީގެ ކުރިންވެސް މާލޭގައި އިމާރާތްތަކުގެ މަތިން އެއްޗެހި ވެއްޓި މަގުހިނގާ މީހުންނަށް މިފަދަ އަނިޔާތައް ވެފައި އެބަހުއްޓެވެ. އެގޮތުން 2018 ވަނަ އަހަރުގެ ފަހުކޮޅު މާފަންނު ގަޑިބުރު ކައިރީގައި ހުުންނަ އިމާރާތަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެ ކުއްޖާ ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު