ދިވެހި ފަސްގަނޑުގައި ބިދޭސީ އެއްވެސް ބާރަކަށް، ސިފައިން ނުބޭތިއްބޭނެ ކަމުގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބޭރުގެ ގައުމުތަކުގެ އަސްކަރީ ސިފައިން ބޭތިއްބުމާއިމެދު ދެކެވެމުންދާ ވާހަތަކާއި ގުޅިގެން އުމަރު ނަސީރު ވިދާޅުވީ އެންމެ ގަދަޔަށް އަޑުއިވެނީ އިންޑިޔާއާއި، ޗައިނާގެ ވާހަކަ ކަމަށެވެ. މި ދެޤައުމަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވާ ދެ ޤައުމަށްވާއިރު މި ދެޤައުމަކީ ރާއްޖޭގެ އެންމެ ގާތް ދެ ޤައުމުގެ ގޮތުގައި އުމަރުވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް ބޭރުގެ ޤައުމުތަކާއިއެކު އޮންނަ ގުޅުމަކީ އަދި ދެއްވާ އެހީތަކާއި، ކޮށްދޭ ކަންތައްތަކަކީ އެޤައުމުތަކުގެ އަސްކަރީ ބާރުތައް ރާއްޖޭގައި ބައިތިއްބަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އަދި އެކަން އެއްވެސް ސަރުކާރަކުން ކުރާނަމަ އެއީ ވަރަށް ދެރަކަމެއްކަމަށް އިމަރު ވިދާޅުވިއެވެ.
"ދިވެހި ފަސްގަނޑުގައި ބިދޭސީ އެއްވެސް ބާރަކަށް ސިފައިން ނުބޭތިއްބޭނެ. އިންޑިޔާއާއި ޗައިނާގެ ކޯޅުމުގެ ތެރެއަށް މި ރާއްޖެ ނުވަންނާނެ. ދެބައި މީހުންނާއިއެކުވެސް އަޚްވަންތަ ގުޅުމެއް އޮންނާނެ." އުމަރު ނަސީރު ވިދާޅުވިއެވެ.
އަވަށްޓެރި އިންޑިއާއިން ރާއްޖޭގެ ކަންކަމުގެ ތެރެއަށްވަދެ، އިންޑިއާގެ އަސްކަރީ ބާރުގެ ނުފޫޒު ރާއްޖެއަށް ފޯރުވަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރު ބޭނުން ކުރުމުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފުރަތަމަ އިންޑިއާއިން ހެލިކޮޕްޓަރެއް ހަދިޔާކުރީ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. ދެވަނަ ހެލިކޮޕްޓަރު އިންޑިޔާއިން ދީފައިވަނީ 2013 ވަނަ އަހަރުގައެވެ. އެއީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގަވެ. މިދެހެލިކޮޕްޓަރާ ގުޅޭ ގޮތުން އިންޑިއާއާއި ރާއްޖެއާ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވީ 2018 ވަނަ އަހަރުގައެވެ. އެގޮތުން ފުރަތަމަ ހެލިކޮޕްޓަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ދެވަނަ ހެލިކޮޕްޓަރާ ގުޅޭ އެއްބަސްވުމުގެ މުހުލަތު ހަމަވީ އެއަހަރުގެ ޖޫން 30 ވަނަ ދުވަހުއެވެ.
އުމަރު ނަސީރަކީ ރާއްޖޭގެ ބާރުގެ ތެރެއަށް އެހެން ޤައުމު ތަކުގެ ނުފޫޒާއި ބާރުވެރިކަން ވެއްދުމާއި އެންމެ ދެކޮޅަށް ވާހަކަ ދައްކަވައި އަޑުއުފުއްލަވަމުންދާ އެއްފަރާތެވެ. އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ބާލާނެ ކަމަށެވެ. އަދި މިގޮތަށް އޮތް މިނިވަންކަމަށް ބުރޫއަރާ ހުރިހާކަމެއް ހައްލުކޮށް ރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލު އުފެއްދުމުގެ ޖާގަ އެއްވެސް ބަޔަކަށް ނުދެއްވާނެކަމަށް އުމަރުވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު