ރައީސް ޑރ. ވަަހީދު
ރައީސް ޑރ. ވަަހީދު
ރައީސް އިބްރާހިމް މުހަންމަދު ސޯލިހަކީ ގޮތެއް ފޮތެެއް ނެތް ބޭފުޅެއް ކަމަށާއި މީހަކު އެއްޗެކޭ ބުނެލާއިރަށް ފުލުސް އޮފީހަށް "ދަމަން ނުޖެހޭނެ" ކަމަށް ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން ބޭއްވި އިހުތިޖާޖުގައި އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އަމަލު ކުރި ކަމަށް ބުނެ ރައީސް ޑރ. ވަހީދު މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެ ވަޑައިގެންނެވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރ ރައީސް ވަހީދު ވިދާޅުވީ ފުލުހަށް ހާޒިރު ކުރެވިފައިވަނީ އިދިކޮޅުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން އެދުވަހު މާސްކު ނާޅައި ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެކަމާއި ބެހޭ ގޮތުން ސުވާލު ކުރުމަށް ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މާސްކު ނެންގެވީ ވާހަކަ ދައްކަވަން އުނދަގޫވާތީ، ވާހަކަ ދެއްކެވުމަށް އެކަނި ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، އެކަހަލަ މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު ދާދިފަހުން ރައީސް ނަޝީދު ލިޔުއްވި "ދެރަދުން" ނަމަކަށް ކިޔާ ފޮތް ނެރުއްވި ހަފުލާގައި އެ ފޮތް ބައްލަވައި ގެންނެވި މީހުންނަށް ފޮތުގައި ސޮއި ކުރެއްވުމަށް ބޭއްވި އިވެންޓުތަކުގައި ރައީސް ނަޝީދު މާސްކު ނާޅުއްވާ މީހުންނާއި އެކީގައި އުޅުއްވި މަންޒަރު ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި ވެސް އެތައް ބަޔަކު ގޮވައިގެން ރައީސް ނަޝީދު މާސްކު ނާޅުއްވާ އިންނެވި މަންޒަރުވެސް ފެނިފައިވާ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ،

އެހެން ކަމުން ރައީސް ނަޝީދު މާސްކު ނާޅުއްވައިގެން ފުލުހަށް ހާޒިރު ނުކޮށް އެމަނިކުފާނު ފުލުހަށް ހާޒިރު ކުރުން  މިއީ ސިޔާސީ ކަމެއް ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ސަރުކާރާއި އިދިކޮޅުގައި ހުރީމަ މިގެނައީ ފުލުސް އޮފީހަށް. އެހެން ނޫނިއްޔާ އަޅުގަނޑެއް ނުގެންދާނެ." ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވިދާޅުވީ ފުލުހުން މިއަދު ކުރި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ނުދެއްވާ ކަމަށާއި، ވަކީލަކު ހަމަޖެއްސެވުމުގެ ފުރުސަތަކަށް މިއަދު އެދިވަޑައިގެންނެވި ކަމަށެވެ. ރައީސް ޑރ. ވަހީދު ވިދާޅުވީ މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއަށް ހާޒިރު ކުރެއްވުމަކީ ފުލުހުން ސިޔާސީ ގޮތުން ބޭނުން ކުރުން ކަމަށެވެ.

ރައީސް ވަަހީދު ވަނީ ފުލުހުން ސިޔާސީ ގޮތުން ބޭނުން ނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިއަށް ވުރެ ފުދޭ، ހިތްވަރު ހުރި ބޭފުޅަކަށް ވާންޖެހޭ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ.

" އަޅުގަނޑުމެން ހަމަ އެއްފަހަރު އަގައިން ބުނާއިރަށް ނުޖެހޭ ފުލުސް އޮފީހަށް ދަމާކަށް. އަޅުގަނޑުމެން މިހާ ދަށު ދަރަޖައަކަށް ވައްޓާލުން ދަންނަވާލަން ބޭނުންވަނީ ރައީސުލްޖުމުހޫރިއްޔާގެ އެއްވެސް ގޮތެއް ފޮތެއް ނެތީއޭ. މިއަދު އަޅުގަނޑަށް ދެވިދާނެ ފުލުސް އޮފީހަށް. އެކަމު ދިވެހިރައްޔިތުންނަށް ފެންނާނެ މިއަދު އަޅުގަނޑު އެކަނި ނޫންކަން މާސްކް ނެއްޓިފައި ހުއްޓާ ފެންނަނީ." ޑރ. ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރު އޮތީ ފެއިލްވެފައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޟާމިރު

01-Sep-2020

ޢިބްރާހިމަކީ މޯޑީގެ ޕަޕެޓެއް. ޣެރިމޯޑީ ބުނާ ކޮންމެ ކަމެއް އިބްރާހިމަށް ކުރާން މަޖުބޫރުވާނެ.


0

ރާއީ

31-Aug-2020

ވަހީދު ވެރިކަމުގައި މީހުން ޕޮލިހަށް ހާޒިރު ކުރީ ވަހީދު ބުނެގެން ކަމަށްވަންޏާ، މިހާރުވެސް މީހަކު ޕޮލިހަށް ގެންދާއިރަށް އެއީ މިހާރުގެ ރައީސް ބުނެގެންނޭ ހީވާނެތާދޯ!


-14

ގޮތްބެ

31-Aug-2020

ވަހީދަކީ ގޮތް ހުރި މީހެއްކަން އެނގިފަ އޮތީ 7 ފެބްރުއަރީ 2012 ގަ.


-1

ޔާމިން

31-Aug-2020

ގޮތެއް ފޮތެއް ނެތިގެން މުޅި މާލެ އަށް ބަލިފަތުރަން ގަސްތުގައި އެނބުރި ނަގަނީ ތިޔަ ވަގު ބައިގަނޑެއް ނޫންތަ ކިތައްމެ ފެލުނަސް ދެން ވެރިކަމުގެ ވަސް ދުވާ ހިސާބަށް ވެސް ނާދެވެނެ ހުޅުނބު ދަންދެންބތެޅިބާލަބަލަ


14

ޔާމިން

31-Aug-2020

ގޮތެއް ފޮތެއް ނެތިގެން މުޅި މާލެ އަށް ބަލިފަތުރަން ގަސްތުގައި އެނބުރި ނަގަނީ ތިޔަ ވަގު ބައިގަނޑެއް ނޫންތަ ކިތައްމެ ފެލުނަސް ދެން ވެރިކަމުގެ ވަސް ދުވާ ހިސާބަށް ވެސް ނާދެވެނެ ހުޅުނބު ދަންދެންބތެޅިބާލަބަލަ


3

ނިހާނު

31-Aug-2020

މީ ހާދަ އަދަބު ކުޑަ މީހެކޭ ދޯ ވެރިކަން ކޮށްފަހުރީމާ މަ ހީކުރީ އަދަބެއް ސަދަބެއް ވެސް ހުންނާނެކަމަށް ވަހީދު ސައިޒު އޮޅިފަ މިހުރީ 5% ވެސް އިންތިހާބެއްގައި ނުހޯދުނު މީހަކު ލަދު ކޮބާ



ޓްރެންޑިން