ސަރުކާރުން މިއަހަރު ލަފާކުރާ އަދަދަށް ރާއްޖެއަށް ފަތުރުވެރިން އަންނާނެކަން ޔަގީންވެއްޖެއެވެ.
މިއަހަރު ސަރުކާރުގެ އަމާޒަކަށް ވެފައިވަނީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެ އަމާޒަށް ވާސިލުވުމަށް މިހާރު ބޭނުންވަނީ 30،000 ފަތުރުވެރިންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ނުވައެއް އިންސައްތަ އިތުރުވެފައެވެ.
އެވުޒާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖެއަށް އެވުރެޖްކޮށް މިހާރު ދުވާލަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދާއެކު ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި ދެ މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލުވާނެ ކަމަށްވެސް ބެލެވެ އެވެ.
މިއަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ޗައިނާއިންނެވެ. އެގޮތުން އެގައުމުން ރާއްޖެއަށް 260،900 ފަތުރުވެރިން ޒިޔާރަތް ކުރިއިރު ދެވަނައިގައި އޮތް ރަޝިއާ އިން 216،00 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައިސްފައިވަނީ 173،900 ފަތުރުވެރިންނެވެ.
އަވައްޓެރި އިންޑިޔާއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 126،000 ފަތުރުވެރިން ކަމަށްވާއިރު އެ ގައުމު އޮތީ މި ލިސްޓުގެ ހަވަނައިގައެވެ.
ދިވެހިރާއްޖެއަށް މިހާރު 23 ގައުމަކުން 40 އަށްވުރެ ގިނަ އެއާލައިނުން ސީދާ ދަތުރުތައް ކުރާކަން ފާހަގަ ކުރެވެ އެވެ. މި ވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،262 ތަނެއް ހިންގަމުންދާއިރު މީގެ ތެރޭގައި 172 ރިސޯޓާއި 920 ގެސްޓްހައުސް އާއި 155 ސަފާރީ އަދި 15 ހޮޓާ ހިމެނެ އެވެ. މިތަންތަނުގައި ފަތުރުވެރިންނަށް ހުރި އެނދުގެ އަދަދަކީ 63،118 އެވެ.

ކިޔުންތެރިންގެ ހިޔާލު