ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ޖިންސީ ގޯނާއާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން
ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫގައި ނަފުސާނީ ގޮތުން ނުކުޅުދުންތެރިކަމެއް ހުންނަ އަންހެނަކަށް ޖިންސީ އަދި ޖިސްމާނީ އަނިޔާކޮށް އޭނާއާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި މައްސަލައިގައި ކ. މާލެ، ދަފްތަރު ނަންބަރު 963، މަޚްތޫމް މޫސާ ދީދީ އާއި ސ. ހިތަދޫ، ޒަހާމަންޒިލް، އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ދައުވާކުރަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެމީހުންގެ ތެރެއިން މަޚްތޫމް މޫސާ ދީދީގެ މައްޗަށް ކޮށްފައިވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އެ މައްސަލައިގައި ދެން ހިމެނޭ އަލީ ޝިމާއު ޒުބައިރުގެ މައްޗަށް ކޮށްފައިވަނީ ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އާއި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއެވެ. އޭގެ ތެރެއިން ނުކުޅުދުންތެރިކަމެއް ހުރި މީހަކާއެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމާއެކު 40 އެތިފަހަރުން ޖަލްދުކުރުމަށް ހުކުމު ކުރެވޭނެއެވެ.

އައްޑޫ ހިތަދޫގައި ހާއްސަ އެހީއަށް ބޭނުންވާ 48 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ މައްސަލައިގައި ފުލުހުން އެ ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން