ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފުތާގެ ތެރޭގައި ކުރެވިފައިވާ މުހިންމު މަސައްކަތްތަކުގެ މައުލޫމާތު ހިމަނައިގެން "ހަފުތާ" ގެ ނަމުގައި ޚުލާސާ ވިޑިއޯ ރިޕޯޓު ނެރެން ފަށައިފިއެވެ.
ރައީސް އޮފީހުން އަލަށް ފެށި މިމަސްކަތުގެ ފުރަތަމަ ވިޑިއޯ ރިޕޯޓް ނެރެފައިވަނީ މިއަދުއެވެ. މިވިޑިއޯ ރިޕޯޓް މިހާރު ވަނީ ރައީސް އޮފީހުގެ ސޯޝަލް މީޑިއާ ހެންޑްލް ތަކުން އާންމު ކޮށްފައެވެ.
ނިމިގެން މިދާ އޮގަސްޓް މަހުގެ 23 އިން ފެށިގެން އެމަހުގެ 29 އަށް، ހިނގާ ދިޔަ ހަފުތާ ރިޕޯޓްގައި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގެ ވޯކިންގ ސެޝަންގައި ބަހުސް ކުރެވުނު ކަންކަމާއި ހުސްވި ހަފުތާގައި އިއުލާން ކުރި ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ މީހުންގެ ލިސްޓާއި އެކަމާ ބެހޭގޮތުން ބޭއްވި ނޫސް ކޮންފަރެންސާއި ބެހޭ ގޮތުން މައުލޫމާތު ހިމަނާފައި ވެއެވެ. މީގެއިތުރުން ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން ހިންގާ ކަންކަމާ ބެހޭ މައުލޫމާތު ވެސް ޚުލާސާކޮށް މި ރިޕޯޓްގައި ހިމަނާފައި ވެއެވެ.

— The President's Office (@presidencymv) August 30, 2020
ކިޔުންތެރިންގެ ހިޔާލު