މިއަހަރުގެ ބަޖެޓުން އިމާރާތްތަކާއި މަގުތަކާއި ބުރިޖުތަކާއި އެއާޕޯޓްތައް އެޅުމަށް 9.82 ބިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.
މިއަހަރުގެ ޑިސެމްބަރު 12 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް ދައްކާގޮތުން ދަޢުލަތުން މިއަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވަނީ 13.1 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓް ޚަރަދުގެ ގޮތުގައި 31.4 ބިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
ދަޢުލަތުން މިއަހަރު ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަކޮށްފައިވާ ފައިސާގެ ތެރެއިން 9.82 ބިލިއަން ރުފިޔާއަކީ އިމާރާތްތަކާއި މަގުތަކާއި ބުރިޖުތަކާއި އެއާޕޯޓްތައް އެޅުމަށް ހޭދަކުރި ފައިސާއެވެ. ހަމައެއާއެކު މަސައްކަތްތަކަށް ބޭނުންވާ ސާމާނަށް ޖުމްލަ 952 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު ފަރުނީޗަރާއި މެޝިނަރީއާއި އިކުއިޕްމެންޓަށް 678.7 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.
އޭގެއިތުރުން އުޅަނދުތަކަށް 268 މިލިއަން ރުފިޔާ އާއި މައިނާ އެކްސްޓެންޝަންތަކަށް 6.2 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ.
މި އަހަރުގެ ދަޢުލަތުގެ ބަޖެޓުގައި ކެޕިޓަލް ޚަރަދަށް ޚާއްސަ ކޮށްފައިވަނީ 16.7 ބިލިއަން ރުފިޔާއެވެ. އަދި ރިކަރަންޓް ޚަރަދާއެކު މިއަހަރު ދަޢުލަތުން ކޮށްފައިވާ ޖުމުލަ ޚަރަދު ވަނީ 44.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު