ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފުލެޓްތައް
ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފުލެޓްތައް
ހިޔާ ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓްގައި ހިމެނޭ އެހެން މީހުންނަށް ޕޮއިޓްލިބުނު ގޮތްތަކާއިމެދުވެސް ޝަކުވާ ހުށައަޅަންބޭނުންވާނަމަ، އެ ފުރުސަތު ފްލެޓް ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް ފްލެޓް ކޮމިޓީއިން އާއްމުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މީގެތެރޭގައި ހިމެނެނީ ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ ކެޓަގަރީ، ޓީޗަރުންނަށް ޚާއްސަ ކެޓަގަރީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ ކެޓަގަރީ އަދި މާލެ ރަށްވެހިންނަށް ޚާއްސަ ކެޓަގަރީއެވެ.

ފުލެޓް ކޮމެޓީން ބުނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ސެޕްޓެމްބަރުމަހުގެ 14ވަނަ ދުވަހުގެ 15:00އާއި ހަމައަށް ކަމަށެވެ. ފްލެޓް ކޮމިޓީގެފަރާތުން ނެރެފައިވާ އެންގުމުގައި ބުނީ ފުރިހަމަ ދާއިމީ ލިސްޓެއް ހެދުމަށްޓަކައި، މިހާރު އާއްމުކޮށްފައިވާ ވަގުތީ ލިސްޓްތަކުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަން ވީހާވެސް އަވަހަށް ރައީސް އޮފީހުގެ ވެބްސައިޓުގައިވާ ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެކަމަށެވެ.

ލިސްޓްތަކުގައި ޕޮއިންޓް ދީފައިވާ ގޮތާއިމެދު ކޮންމެ މީހަކަށްވެސް ޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށާއި އެހެން މީހަކަށް ޕޮއިންޓް ލިބިފައިވާ ގޮތާއިމެދުވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ފުލެޓް ކޮމެޓީން ބުނެ އެވެ. މިހާރު ނެރެފައިވާ ލިސްޓާއި މެދު ޝަކުވާ ހުށަހެޅުމުން އެޝަކުވާއަށް ރިއާޔަތްކޮށް ދާއިމީ ލިސްޓް ހެދުމުގައި އެޝަކުވާ ތަކަށް ބަލާނެ ކަމަށް ފުލެޓް ކޮމެޓީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން