ޝާން މުހައްމަދު   25 ޑިސެމްބަރު 2024 - 9:48
އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އެރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) އިން ދުނިޔެއާއި އެންމެ ކައިރީގައިވާ ތަރި، އިރާއި ކައިރިވެ ތާރީހު ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނާސާއިން މިހާރު ޖައްވުގައި ހަރަކާތްތެރިވަމުންދާ އުޅަނދު، ޕާކަ ސޯލާ ޕްރޯބް އިން މިހާރުވެސް ވަނީ މީގެ ކުރިން ދުވަހަކުވެސް ދުނިޔޭގެ އުޅަނދެއް ކައިރި ނުވާވަރަށް އިރާ ކައިރިކޮށް ރެކޯޑު ހަދައިފި އެވެ.

އިއްޔެ ނާސާއިން ރެކޯޑު ހަދާފައިވާއިރު މިއީ ހަތް އަހަރު ދުވަހުގެ މިޝަނެއްގައި، އޯގަސްޓް 2018 ގައި ލޯންޗްކުރި ޕްރޯބެއްގައި ނާސާއިން ހިންގި މިޝަނެއްކަން ފާހަގަ ކުރެވެއެވެ.

މި މިޝަނަކީ ތަރިތަކާ ބެހޭ ސައިންޓިފިކް ވިސްނުން އިތުރަށް ހަރުދަނާކޮށް، ޖައްވުގެ ދިރުންތަކަށް އަސަރުކޮށްފާނެ ޖައްވީ މޫސުމުގެ ހާދިސާތައް ދެނެގަތުމަށް އެހީތެރިވުމުގެ ގޮތުން ހިންގާ މިޝަނެއް ކަމަށް ނާސާއިން ވަނީ ބުނެފައެވެ.

ނާސާގެ މި ޕްރޯބުން ތާރީހު ބަދަލުކޮށްފައި ވަނީި އަންގާރަ ދުވަހުގެ ހެނދުނު 6:53 (ޖީއެމްޓީ ގަޑިން 1153) ގައެވެ. އަދި މި ޕްރޯބަށް މިހިސާބަށް ވާސިލުވުމުގެ ކުރިން ދުނިޔެއާއި މުއާސަލާތީ ގުޅުންވެސް ކެނޑުނެވެ. ނަމަވެސް ފަހުން ޕްރޯބާއި ގުޅުނު އިރު މިއީ އިރާ މާ ކައިރިން ދަތުރުކުރާތީ ކުރިމަތިވާ މައްސަލަތަކެއް ކަމަށް ސައިންސުވެރިން ވަނީ ބުނެފައެވެ.

ނާސާއިން ބުނީ އެ އިދާރާގެ ޖައްވީ އުޅަނދު، ޕާކަ ސޯލާ ޕްރޯބް އިރާ 3.8 މިލިއަން މޭލު [6.1 މިލިއަން ކިލޯމީޓަރު] އަށް ކައިރިވި ވަގުތު ފިނިހޫނުމިން 1،700 ޑިގްރީ ފެރަންހައިޓް [930 ޑިގްރީ ސެލްސިއަސް] އަށް އެރި ކަމަށެވެ.

މި އުޅަނދު ދަތުރުކުރާނީ ގާތްގަނޑަކަށް ގަޑިއަކު 430،000 މޭލު [690،000 ކިލޯމީޓަރު] ބާރު މިނުގަ އެވެ. މިއީ އެމެރިކާގެ ވެރިރަށް ވޮޝިންޓަނުން ޖަޕާނުގެ ޓޯކިޔޯއަށް މިނެޓެއްގެ ތެރޭގައި ދަތުރުކުރެވޭ ސްޕީޑެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން