ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާއި ގުޅިގެން ކޮންމެ މަހަކު އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައިވަނީ ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީ ހައްގުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އަދި އެއް ދުވަހުގެ އެ ޗުއްޓީ ނުނަގައި ވަޒީފާއަށް ނުކުންނަ ފަރާތްތަކަށް ކޮންމެ މަހަކަށް ދެވޭ މުސާރައިގެ އިތުރުން އެ މުވައްޒަފުގެ އަސާސީ މުސާރައިން އެއް ދުވަހަށް ޖެހޭ މިންވަރު ދޭން ޖެހޭނެކަމަށް ވެސް އެ އިސްލާހުގައިވެއެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ހައިޟުވުމާއި ގުޅިގެން އެއް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ހުށަހެޅުމުގެ ބޭނުމަކީ، އެ ދުވަސްވަރު އަންހެނުން އުފުލާ ތަކުލީފުތައް ގަބޫލުކޮށް، އެކަމަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގެން އަމަލުކުރަމުންދާ އުސޫލަކަށްވާތީ ކަމަށެވެ. އަދި ރާއްޖޭގައި އެ އުސޫލު ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށްވުމުގެ އިތުރުން ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިތްވަރަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ގިނަ އިސްލާހުތަކެއް ހުށަހަޅާފަ އެވެ. އެގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި އިސްލާހުތަކުގެ ބިލް، ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އަދި އިޖްތިމާއީ ކޮމިޓީން އެކުގައި މިހާރު ވަނީ ދިރާސާ ކުރަން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ކޭލުބޯށި

04-Sep-2020

ދެން ނިފާސްވެރިންނޯ؟


5

ފަރީދު

01-Sep-2020

ޚިޔާލު މިގޮތަށް ލިޔުއްވާ.


7

ސައްލި

01-Sep-2020

މިވެސް އިޞްލާޙެއް.ޖުނުބުވެރިވީމާ ވެސް އެއް ދުވަސް ބޭނުން.


-3

ސައްލި

01-Sep-2020

މިވެސް އިޞްލާޙެއް.ޖުނުބުވެރިވީމާ ވެސް އެއް ދުވަސް ބޭނުން.


2

ސައްލި

01-Sep-2020

މިވެސް އިޞްލާޙެއް.ޖުނުބުވެރިވީމާ ވެސް އެއް ދުވަސް ބޭނުން.



ޓްރެންޑިން