އެދިވަޑައިގަންނަވަނީ ދިވެހީންގެ އެއްބައިވަންތަކަމުގެ ގުޅުން އަބަދަށް ދެމި އޮތުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދެހާސް ހަތަރު ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް އެރި ސުނާމީއާ ގުޅިގެން ފާހަގަކުރަމުން އަންނަ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ރައީސް ސޯލިހު އެކްސްގައި ވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ދިވެހިންނަށް އަރިސްކުރައްވާފައެވެ.
އަދި މީގެ އެތަކެއް އަހަރު ކުރިން، ސުނާމީ ކާރިސާގައި ދިވެހިން ދައްކުވައިދިނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އަޅާލުމާއި އެހީތެރިވުުމުގެ ލާމަސީލު މިސާލެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މެދުގައި މިއޮންނަ ބަދަހި ގުޅުން އަބަދަށްމެ ދަމަހައްޓަވާށި. އަދި އެ ހިތާމަވެރި ކާރިސާގައި އަޅުގަނޑުމެންނާ ވަކިވެދިޔަ އެންމެހާ ބޭފުޅުންނަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވަން." ރައީސް ސޯލިހު ވިދާޅުވި އެވެ.
ރާއްޖެއަށް އެރި ސުނާމީގައި ގިނަ ރަށްތަކަކަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފައެވެ. އަދި މިހާދިސާގައި 82 މީހުން މަރުވެ 26 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައި ވެއެވެ.
މިހާދިސާއާއި ގުޅިގެން މީހުންނަށް އެހީތެރިވުމުގައި ދިވެހީން ދެއްކީ އެއްބައިވަންތަކަމާއި އަހުވަންތަކަމުގެ ވަރަށް މަތިވެރި ނަމޫނާ އެކެވެ. ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ އެކަމުގެ ހަނދާނުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު