468.6 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ލަންކާ މަސްބޯޓުން އައި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ، ބައި ޓަނެއްހާ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހުން ރާއްޖެއަށް އައީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. އެމީހުން އަތުލައިގެންފައި ވަނީ ހދ. މަކުނުދޫ ބޭރުންނެވެ.

ލަންކާގެ މަސްބޯޓެއް ކަމަށްވާ "އަށެންޕުތަ" އިން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު އޭގެތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކަ އެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ލަންކާއަށް ނިސްބަތްވާ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް، 21، އާއި މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ، 22، އާއި ޗަމޮދް ދިވަންގާ ދިލަކާވަ، 22، އާއި ލޮރެންސު ހޭވާގީ ސަރަތު، 56، ގެ އިތުރުން ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ، 37، އެވެ.

މި ފަސް މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފުރަތަމަ ހާޒިރުކުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އެގޮތުން އެ ކޯޓުން އަމުރުކުރީ 30 ދުވަހަށް އެ މީހުން ބަންދުކުރުމަށެވެ. އަދި އެ މުއްދަތު އިއްޔެ ހަމަވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އެމީހުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން