ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ރާއްޖެއަށް ޑޮލަރު ލިބުމުގައި ކުރިމަތިވެފައިވާ ދަތިތަށް ވަރަށް އަވަހަށް ހައްލުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި މިރޭ ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއަށް ޑޮލަރު އާމްދަނީގެ ބޮޑުބައި ލިބެނީ ޓޫރިޒަމް ސިނާއަތުން ކަމަށާއި ނަމަވެސް އެ މަގު ގާތްގަނޑަކަށް ބަންދުވެފައިވާ ކަމަށެވެ. އަދި އެހެންވެ ޑޮލަރުގެ މާކެޓް މަތިވަމުންދާކަން ފާހަގަ ކުރެވޭ ކަމަށާއި ކައިރި މުސްތަގުބަލެއްގައި އެކަން ހައްލު ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެކަންތައް މެނޭޖު ކުރަން އިންޑިއާއާއެކު ހެދި ކަރަންސީ ސްވޮޕް ފެސިލީޓީގެ ތެރެއިން އެމްއެމްއޭއިން މަސައްކަތްތަކެއް އެބަކުރޭ، ކުރިއަށް އޮތްތަނުގައި ބަޖެޓް ސަޕޯޓުގެ ގޮތުގައި ހޯދާ ފައިސާ އާއި ބޭރުން ލިބޭ ހިލޭ އެހީ އާއި ލޯނު ބޭނުން ކޮށްގެން ވެސް ޑޮލަރުގެ އަސްލު ރޭޓް ފިކްސްޑްވެފައި އިން ރޭޓާ ކައިރި މިންވަރަކަށް ގެންދެވޭ ތޯ މަސައްކަތް ކުރާނަން. އިރާދުކުރެއްވިޔާ ޕެރަލަލް މާކެޓުގެ ރޭޓްސްތައް ދައްވާނެ ކަމަށް ލަފާ ކުރަނީ.،" މިނިސްޓަރ އަމީރު ވިދާޅުވި އެވެ.

އަމީރު މިހެން ވިދާޅުވެފައިވާއިރު ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވިހި ރުފިޔާ އަށް ވަނީ އުފުލިފައެވެ.

ކޮވިޑް-19 އާ ގުޅިގެން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި މިހާތަނަށް ލިބިފައި ވަނީ 190 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ހާމަކުރެއްވިއެވެ. ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރާއި ކުރިއަށް އޮތްތަނުގައި އައިޑީބީއާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވަނީ މިއަހަރުގެ ބަޖެޓް ޑެފިސިޓް 15 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ލަފާ ކުރައްވާފައެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 30 ބިލިއަން ރުފިޔާ ކަމަށް ކުރިން ލަފާކުރި ނަމަވެސް މިހާރުގެ އަންދާޒާކޮށްފައިވަނީ މިއަހަރު 15 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސައްލި

01-Sep-2020

މީނާ ވަކިކުރޭ.



ޓްރެންޑިން