އަޒަރުބައިޖާންގެ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމުތަކުން ދިން ހަމަލާއަކުން ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފިއެވެ.
ބުދަ ދުވަހު ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ އަޒަރުބައިޖާން އެއާލައިންސްގެ ފްލައިޓެކެވެ. މި މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ރަޝިޔާގެ ދެކުނުގެ ޗެޗްނިއާ ސަރަހައްދުގެ ވެރިރަށް ގްރޮޒްނީއަށް ކަމަށްވާއިރު ބޯޓު ވެއްޓުނީ ކަޒަކިސްތާނުގެ އަކްޓާއު ސިޓީ ކައިރިއަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން 38 މީހުން މަރުވެ 29 މީހަކު ޒަހަމްވެފައިވެ އެވެ.
އަޒަރުބައިޖާނުން މި ހާދިސާގެ ތަހުގީގުން ހޯދި ހޯދުންތައް އަދި އާންމުކޮށް އިއުލާން ނުކުރާއިރު، އޮފިޝަލުން ތުހުމަތު ކުރަނީ މިކަން ދިމާވީ ރަޝިޔާގެ އެންޓި އެއާކްރާފްޓް މިސައިލެއްގެ ސަބަބުން ކަމަށެވެ. އަދި މި ގޮތަށް ޔޫރޯނިއުސް، ދަ ވޯލް ސްޓްރީޓް ޖާނަލް، އަނަޑޯލޫ އެޖެންސީ އަދި ރޮއިޓާސް ނިއުސް އެޖެންސީން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވެ އެވެ.
ބައެއް ނޫސްތަކުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި މަތިންދާބޯޓަށް ވަޒަންތައް އަރާފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ ޔޫރޯނިއުސް އިން ބުނީ މި މަތިންދާބޯޓުގެ ޕައިލެޓުން ކުއްލި ގޮތަކަށް ބޯޓު ޖެއްސުމަށް އެދުމުން ރަޝިޔާއިން ހުއްދަ ދީފައިނުވާކަމަށާއި އެހެންވެ ބޯޓު ޖައްސާފައި ވަނީ ކެސްޕިއަން ކަނޑު ހުރަސްކޮށް އަކްޓާއުއާގައި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ރަޝިޔާގެ ފެޑެރަލް އެއާ ޓްރާންސްޕޯޓް އެޖެންސީން ބުނީ ބޯޓު ވެއްޓުނީ ދޫނި ބައިގަނޑަކާ ޖެހުމުން ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު