ޒަހީނުއްދީން ސަޢީދު   31 އޯގަސްޓު 2020 - 14:52
ކ.ތިލަފުށި
ކ.ތިލަފުށި
މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ތިލަފުށީ ބޭރު ކަނޑުމަތިން، ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ތިލަފުށީ ބޭރު ކަނޑުމަތިން ފެނިގެން 8:36 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ތިލަފުށި ކައިރިން މަރުވެފައއޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ކަނޑުމަތިން ފެނުނު ހަށިގަނޑުގައި ބޭރުފުށުން ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެއީ އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން