ދެ ކިލޯއަށް ވުރެ ގިނަ ޑުރަގު ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މީހަކު އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ރޭ މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މި މަހުގެ 26 ވަނަ ދުވަހު ތައިލޭންޑުން ރާއްޖެއައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި ދެ ފިރިހެން ފަސިންޖަރުންގެ އަމަލުތައް ހުރިގޮތުން އެ މީހުން އިތުރަށް ބަލާ ފާސްކުރި ކަމަށެވެ.
އަދި އެ ދެ ފަސިންޖަރުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ފެނުނު ކަމަށް ކަސްޓަމުން ބުނެފައި ވެއެވެ.
ކަސްޓަމުން ބުނީ ފުރަތަމަ މަރުހަލާގައި އެ ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަށާއި މެފްޑްރޯއަން ޕޮޒިޓިވްވި ކަމަށެވެ.
އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަން 5.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވޭކަމަށް ވެސް ކަސްޓަމުން ބުނެފައި ވެއެވެ.
ކަސްޓަމުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލުވާ ދެ ފަސިންޖަރުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު