ކޯވިޑް-19 ގެ ރޯގާބަލިމަޑުކަމުގެ ތެރޭގައި އެންމެ ބުރަކޮށް އަދި އެންމެ ބިރުވެރި ހާލަތުގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިން ވަރުބަލިކަން ފިލުވާލާ ސައިތައްޓެއް ބޯލުމަށް އެމީހުން ހިދުމަތްދޭ ހޮސްޕިޓަލުގައި ތިއްބެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށް ދައުރު ކުރުމަކީ މިހާލަތުގައި ވަރަށް ދެރަ އަދި ދަށުދަރަޖައިގެ ކަމެކެވެ.

ކޯވިޑް19ގެ ޓެގްޓީމުގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑރ.އަލީ ލަތީފާއި، އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރުންތަކެއް އެ ހޮސްޕިޓަލުގެ ކެފޭގައި ތިބި ފޮޓޯއެއް އާންމުކޮށް ދައުރު ކުރަމުންދަނީ ކޮން މަގުސަދެއްގައިކަމާއިމެދު ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި މިއީ މިފަދަ ހާލަތެއްގައި ޑޮކްޓަރުންގެ އަގުވައްޓާލައި އެޚިދުމަތްތެރީންގެ މަސައްކަތުގެއަގު ވަޒަން ނުކުރާބަޔަކު ކޮށްފައިވާ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށް ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ބުނަމުންނެވެ.

ސޯޝަލް މީޑިޔަގައި މި ފޮޓޯ ދައުރު ކުރުވާ ބޭފުޅުންގެ އަމާޒަކީ ރައްޔިތުންގެ ހިތުގައި ޑޮކްޓަރުންނާއިމެދު ނުވަތަ ސިއްހީ ޚިދުމަތްތެރީންނާއިމެދު އޮންނަ އިތުބާރު ކުޑަކޮށް މިހާލަތުގެ ނާޖައިޒް ފައިދާ ނެގުންކަމަށްވާނަމަ މިއީ ވަރަށް ހިތާމަވެރި ކަމެކެވެ. މި ފޮޓޯ ސޯޝަލް މީޑިޔާގައި ދައުރުކޮށް ހައްދަވާ ބޭފުޅުންނަކީ ނިސްބަތުން ވަރަށްމަދު ބައެއްކަން ފާހަގަކޮށްލެވެއެވެ. ޚާއްސަކޮށް ސިޔާސީ ގޮތުން ރައްޔިތުންގެ ތާއީދު ބޮޑުތަނުން ގެއްލިފައިވާ ބޭފުޅުން މިކަން ކުރުމުގައި ހަރަކަތްތެރިވާ މަންޒަރު ފެނެއެވެ.

ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު ކަން ކުރައްވައި ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުން ބޮޑުތަނުން ފެއިލްވެފައިވާ މުހައްމަދު ވަހީދު އާންމު ނަމުންނަމަ ލޯޔަރު ވައްޑެ ވަނީ މިފޮޓޯ ދައުރުކޮށް ސިއްހީ ހިދުމަތްތެރިންނާއިމެދު ސުވާލު އުފެދޭގޮތަށް ވާހަކަ ދައްކަވާފައެވެ.

"ކޯވިޑް19 އިން ރައްކާތެރިވުމަށް، ގައިދުރުކަން ބަހައްޓަން ރައްޔިތުންނަށް އެންގެވި ގޮތާއި އަމަލުން ދެއްކެވި ގޮތް ތަފާތު. ބާރުލިބިފައިވާ ފަރާތްތަކުން ތިމާ ނުރުހޭ މީހަކު މިކަހަލަ ގޮތަކަށް ފެނިއްޖެނަމަ ނުރުހޭ މީހާ ޕޮލިހަށް. ރުހޭމީހާ ގޭގަ. އިންސާފު." ލޯޔަރު ވައްޑެ އެ ފޮޓޯ ހިއްސާ ކުރައްވައި ލިއުއްވާފައި ވެެއެވެ.

ވަހީދުގެ މިވާހަތަކަށް ރައްދު ދެއްވައި ބައެއް ފަރާތްތަކުން ވަނީ ސިއްހީ ހިދުމަތްތެރިން ކައިބޮއި ހަދަނީވެސް މާސްކު އަޅައިގެންތޯ ވިދާޅުވެ ސުވާލު ކުރަށްވާފައެވެ. އަދި ޤާނޫނު ހެއްދެވި ބޭފުޅުން މިއަދު ފިލައި ތިއްބަވައިގެން މިފަދަ ކަންކަން ކުރައްވަނީ ކީއްވެގެންތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައި ވެއެވެ. މި ފޮޓޯގައި ފެންނަ ކޮންމެ ބޭފުޅެއްގެ އަތުގައިވެސް މާސްކު އޮވެއެވެ. އަދި މިތަނަކީ އައިޖީއެމް ހޮސްޕިޓަލުގައި ހެދިފައިވާ ތަނަކަށްވާއިރު ތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

އަހުމަދު

04-Sep-2020

ޑޮކްޓަރުންވިޔަސް އާންމުތަނެއްގަ ތިބެންޏާތިބެންވާނީ އޮންނަ ގަވައިދާއެއްގޮތައް.


8

ހަސައިނު

01-Sep-2020

ހަމަ ވައިރަސް އަރާ ގޮތަށް ބަލާއިރު އެބޭފުޅުން އެ ތިއްބެވި ގޮތުން ފުރުސަތު ބޮޑު، ނަމޫނާ ދައްކަވަން ޖެހޭ ބޭބޭފުޅުން ގޮތް ގޮތަށް ޢަމަލު ކޮށްފަ އެހެން ފަރާތްތައް ކުއްވެރި ކޮށްގެން ނުވާނެ، ހަދާ އުސޫލުތަކާއި، ގަވާއިދުތަކުގެ ބާރު އެ ހަދާ ބޭފުޅުން މުގުރާލީމަ ދެން ކީކޭތޯ ދަނަންވާނީ



ޓްރެންޑިން