ތިމަރަފުށީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލި މައްސަލާގައި ހައްޔަރުކުރި އެންމެން ބަންދުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ތިމަރަފުށީގައި 5 މީހުންގެ ގްރޫޕަކުން ގެޔަކަށް ވަދެ އެގޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކުރި ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހުމަދު އަމީން (36އ) އާއި ތ. ތިމަރަފުށި، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފު (54އ) އާއި ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް (39އ) އަދި ތ. ތިމަރަފުށި، ހިރި، އާޞް އިބްރާހީމް (32އ) އެވެ.
އަދި އޭގެ ތެރެއިން ތިން މީހަކު 10 ދުވަހަށް ބަންދުކުރަން ކޯޓު އަމުރުނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ އަޝްރަފާއި ރައޫފާއި އާސްއެވެ.
އަދި އެ މާރާމާރީގައި ހިމެނޭ ޝަހުުދު ފަސް ދުވަހަށް ބަންދުކުރި އިރު އަމީން ހަތް ދުވަހަށް ބަންދުކޮށްފައިވާ ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިއްޔެ ބުނީ މި ހާދިސާގެ މައުލޫމާތު އެއިދާރާއަށް ލިބިފައިވަނީ އިއްޔެ މެންދުރު 13:27 ގައި ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު