ސީރިއާގައި އިންތިހާބެއް ބޭއްވުމަށް ހަތަރު އަހަރު ނަގާފާނެ ކަމަށް އެގައުމުގެ އިދިކޮޅު ލީޑަރު އަހުމަދު އަލް ޝަރާ ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ސީރިޔާގައި އިންތިހާބެއް ބޭއްވުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ނަގާފާނެ ކަމަށް އަހުމަދު އަލް ޝަރާ ވިދާޅުވިއިރު މިއީ އެގައުމުގެ އިދިކޮޅު ލީޑަރަކު އިންތިހާބެއް ބޭއްވޭނެ ތާރީހެއް ހާމަކުރި ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ.

އިދިކޮޅު ލީޑަރު އަހުމަދު އަލް ޝަރާ އަކީ ސީރިޔާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ފަރާތެވެ. އަދި އޭނާ އަކީ މިހާރު ސީރިޔާގެ އެންމެ އިސް އިދިކޮޅު ލީޑަރުކަންވެސް ފާހަގަ ކުރެވެއެވެ.

އަލްޝަރާ އާ ހަވާލަދީ އާދީއްތަ ދުވަހު ސައުދީ އަރަބިއްޔާގެ ދައުލަތުގެ ބްރޯޑްކާސްޓަރު އަލް އަރަބިޔާއިން ބުނީ ސީރިޔާގައި އާ ގާނޫނު އަސާސީއެއް އެކުލަވާލުމުގައި ތިން އަހަރު ނަގާފާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހަތަރު އަހަރު ފަހުން އިންތިހާބު ބޭއްވުން އެކަށީގެންވަނީ ސީރިޔާގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު ކަނޑައެޅުމަށް އާ ބޯހިމެނުމެއް ހަދަން ޖެހޭތީ ކަމަށެވެ.

އަލްޝަރާ އިތުރަށް ވިދާޅުވީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހުން ސީރިއާއަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ އެޗްޓީއެސް (ސީރިއާގައި އެންމެ ބާރުގަދަ އަސްކަރީ އަދި ސިޔާސީ ބާރު) އުވާލާނީ ގައުމީ މަޝްވަރާ ކޮންފަރެންސެއްގައި ކަމަށެވެ.

ސުންނާފަތިވެފައިވާ ސީރިޔާ އާރާސްތު ކުރުމަށް މެދުއިރުމަތީގެ ގައުމުތަކުން މިހާރުވެސް ދަނީ ހުށައަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން