ރާއްޖޭގައި ހިިންގާ ރިސޯޓެއް؛ ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
ރާއްޖޭގައި ހިިންގާ ރިސޯޓެއް؛ ކޯވިޑްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފައި
އިންކަމް ސަޕޯޓް އެލަވަންސް އަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުސޫލުގެ ދަށުން ދެވަނަ ބުރުގައި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ކަމަށެވެ. އަދި ގިނަ ފަރާތްތަކަށް މި އެލަވަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެލަވަންސަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

އެގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ އެލަވަންސަށް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ފޯމް ހުށަހެޅޭނެ ކަަމަށާއި އޮގަސްޓް މަހުގެ އެލަވަންސް އަށް ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެލަވަންސް އަށް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެދި ހުށަހެޅޭނެ ކަމަށް އިއުލާނުގައިވެއެވެ.

ދެވަނަ ބުރުގައި އެލަވަންސް އަށް އެދި ހުށަހެޅޭނީ ޖޮބް ސެންޓަރ ޑޮޓްއެމްވީ މެދުވެރިކޮށް އޮންލައިން ފޯމަކުންނެވެ. އަދި އޮންލައިންކޮށް ފޯމު ހުށަހެޅުމަށް އުޒުވެރިވާ ފަރާތްތަކުން އީފާސްގައި ރަޖިސްޓްރީވުމަށްފަހު އޮންލައިން ފޯމު ހުށަހެޅުމަށް އިކޮންމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

ކޮވިޑާއި ގުޅިގެން ވަޒީފާއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ދެވޭ އިންކަމް ސަޕޯޓް އެލެވެންސް ދޭނީ ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާއެވެ. މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވާފައިވާ ފަރާތެއްނަމަ މަހަކު ފަސްހާސް ރުފިޔާ ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައިވާ ފަރާތެއްނަމަ އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށްފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ ފަސްހާސް ރުފިޔާއަށްވުރެ ދަށް އަދަދެއްނަމަ ފަސްހާސް ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު އެމީހަކަށް ލިބޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އަމިއްލަ މަސައްކަތް ކުރާ މީހުންގެ ތެރެއިން އެލަވެންސް ލިބޭނީ އިތުރު ވަޒީފާއެއް އަދާނުކުރާ މީހުންނަށެވެ. މި އެލަވެންސް ދޭނެ މީހުންގެ ތެރޭގައި އަމިއްލަ މަސައްކަތްތެރިން ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކެއް ނުހިމެނެއެވެ. ނަމަވެސް ފަންނާނުންނާއި އާާމްދަނީއެއް ހޯދުމުގެ ގޮތުން އަގު ލިބޭ ގޮތަށް މަސައްކަތް ކުރާ އެހެނިހެން ފަރާތްތަކަށް މި އުސޫލުގެ ދަށުން އެލަވެންސަށް ކުރިމަތި ލެވޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން