އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް
އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް
ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރު ހާސިލްކުރަން ކަނޑައެޅި އަމާޒުތަކަށް ވާސިލުވެފައިވާކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ޗެއަރޕާސަން އަބްދުﷲ ޤިޔާސް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޤިޔާސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭން މިއަހަރު ހާސިލްކުރަން ކަނޑައެޅި އަމާޒުތަކަށް ވާސިލުވެފައިވާ ކަމަށެވެ. އަދި ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް އަންނަ އަހަރު އިތުރަށް ހަރުދަނާ ކުރަށްވާނެ ކަމަށްވެސް ޤިޔާސް ވިދާޅުވެފައިވެއެވެ.

ޤިޔާސް ވިދާޅުވީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ވަސީލަތްތަކުގެ 80 އިންސައްތަ ބޭނުންކުރަނީ ޓްރެވެލް ޓްރޭޑް ފެއަރތަކަށް ކަމަށެވެ.

ނަމަވެސް އެކިގައުމުތަކުގައި ބާއްވާ ފަތުރުވެރިކަމުގެ ފެއަރތަކުގައި ބައިވެރިވުމަށް ކުރާ ހަރަދު ކުޑަކުރުމަށްޓަކައި އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޑިޖިޓަލް ކެމްޕެއިންތަކަށް ކަމަށް ޤިޔާސް ވިދާޅުވެފައިވެއެވެ.

އޭގެއިތުރުން ޤިޔާސް ވިދާޅުވެފައިވަނީ ދާދިފަހުން އެކުންފުނިން ކުރިއަށް ގެންދިޔަ އޮންލައިން ކެމްޕެއިންގެ ތެރެއިންވެސް 22 މިލިއަން އިމްޕްރެޝަން އެއްމަސް ދުވަހުގެ ތެރޭގައި ލިބުނު ކަމަށެވެ.

ޤިޔާސް މިހެން ވިދާޅުވެފައިވާއިރު މިއަހަރު ރާއްޖެއަށް ވަނީ ދެ މިލިއަން ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އޭގެއިތުރުން ފެބްރުއަރީ މަހު ރާއްޖެއިން ވަނީ މަހުން މަހަށް އަންނަ ފަތުރުވެރިންގެ ރެކޯޑާއި ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިންގެ އައު ރެކޯޑެއްވެސް ގާއިމްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން