ޗައިނާ އާއި ދިވެހިރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ދެ ގައުމުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ އާއި ރާއްޖޭގެ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެއްބަސްވުމަށް އަމަލުކުރަން ނިންމިކަން ހާމަކުރެއްވުމަށްފަހު މިނިސްޓަރު ސައީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ޗައިނާގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދިވެހި ވިޔަފާރިވެރިންނަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި މިއީ ރާއްޖޭގެ ވިޔަފާރީގެ ތާރީހުގައި ވެސް ކުރިން ނުލިބޭފަދަ ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމެއްކަމަށްވެސް ސައީދު ވަނީ ވިދާޅުވިއެވެ.
އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޗައިނާގެ ކޮމާސް މިނިސްޓަރ ވަންގ ވެންޓާއޯ ވިދާޅުވީ މި އެއްބަސްވުމާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި އަދި މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް މަސް އެކްސްޕޯޓުކުރުމުގެ ފުރުސަތު ފަހިވެ، ޒީރޯ ޓެރިފްގައި މި ބާވަތްތައް ޗައިނާއަށް އެކްސްޕޯޓުކުރެވޭނެ ކަމަށެވެ.
ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ 2014 ވަނަ އަހަރު ޗައިނާއާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބުނު ނަމަވެސް، 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާ ގުޅިގެން އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.
އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް އަލުން ވަނީ ފައްޓަވާފައެވެ.
ސަރުކާރުން ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން 7000 އަށްވުރެ ގިނަ ބާވަތެއްގެ އުފެއްދުންތައް ޑިއުޓީއަކާ ނުލާ ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު