އެންމެ ސިނގިރޭޓެއް ބުއިމުން މީހާގެ އުމުރުން 20 މިނެޓު އުނިވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސިނގިރޭޓު ބުއިމުން މީހާގެ އުމުރު ކުރުވާކަމަށް ވަރަށް ގިނަ ސައިންސުވެރިން ދެކެއެވެ. އަދި މިކަން ސާބިތުކުރުމަށް ވަރަށް ގިނަ ދިރާސާތައްވެސް ހަދާފައިވެއެވެ.
މީގެ ކުރިން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ސިނގިރޭޓު ބޯމީހަކު އެބޯ ކޮންމެ ސިނގިރޭޓެއްގެ ސަބަބުން އެމީހެއްގެ އުމުރުން 11 މިނެޓު އުނިވެގެން ދެއެވެ. ނަމަވެސް އެންމެ ސިނގިރޭޓެއް ބުއިމުން މީހާގެ އުމުރުން 20 މިނެޓު އުނިވެގެން ދާކަމަށް ދާދި ފަހުން ހެދި ދިރާސާއަކުން މިވަނީ ހޯދިފައެވެ.
ޔުނިވާސިޓީ ކޮލެޖް ލަންޑަން (ޔޫސީއެލް) ގެ ސިއްހަތާ ބެހޭ އިދާރާ އިން ހެދި މި ދިރާސާގައި ވަނީ ވަރަށް ބޮޑު ރޭންޖަކަށް ބެހިގެންދާ ޑޭޓާތަކެއް ބޭނުން ކޮށްފައެވެ. މި ދިރާސާއިން ހޯދިފައިވާ ގޮތުގައި އާންމުކޮށް ދުންފަތުގެ އިސްތައުމާލު ކުރާ މީހުންގެ އުމުރުގެ ޖުމުލަ އަހަރުތަކާ އެއްވަރަށް ދުޅަހެޔޮ އަހަރުތައް ގެއްލިގެން ދެއެވެ. އަދި އޭގެ ސަބަބުން މީހާގެ އުމުރު ކުރުވާ ކަމަށް ދިރާސާއިން ވަނީ ހޯދިފައެވެ.
މިހެން މިކަން މެދުވެރިވާން ޖެހޭ މައިގަނޑު ސަބަބަކީ ސިނގިރޭޓު ބުއިމުގެ ސަބަބުން ތަފާތު އެކިކަހަލަ ސީރިއަސް ސިއްހީ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާތީއެވެ. އޭގެ ތެރޭގައި ކެންސަރު ބައްޔާއި، ހިތުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ޖެހުން ހިމެނެއެވެ.
ދިރާސާވެރިން ބުނާ ގޮތުގައި ކޮންމެ އުމުރެއްގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލިއަސް އެއީ އެމީހަކަށް ފައިދާހުރި ކަމެކެވެ. ނަމަވެސް ވީހާވެސް އަވަހަށް މިކަން ހުއްޓާލުމުން އެމީހުންގެ އުމުރު ދިގުވެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރެވޭނެ ކަމަށްވެސް ދިރާސާވެރިން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު