މި މަހުގެ 28ގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ދެމިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.
މިފްކޯއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 2،337،608 ރުފިޔާ އެ ދޯނިފަހަރުގެ އެކައުންޓްތަކަށް މިހާރު ވަނީ ޖަމާކޮށްފައެވެ.
މިފްކޯއިން ބުނީ އެފައިސާއަކީ މި މަހުގެ 28 ވަނަ ދުވާހާ ހަމައަށް މަސްވެރިން މިފްކޯއަށް ކިރުވާފައިވާ 203 މެޓްރިކް ޓަނަށްވާ ފައިސާ ކަމަށެވެ. އަދި މި ފައިސާ އިއްޔެގެ ވަގުތެއްގައި އެ އޮޑިދޯނި ފަހަރުގެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ނުދެވި ބާކީ ހުރީ މި މަހުގެ 29 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ 3،711،255 ރުފިޔާ ކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައި ވާތީ، ބީއެމްއެލްގައި އެކައުންޓު ހުރި ކޮންމެ މަސްއޮޑިއަކަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ސަރުކާރުން މިހާރުވަނީ ފަށާފައެވެ. އަދި އެމްއައިބީގައި އެކައުންޓު ހުރި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް މުޢިއްޒު ވަނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް އެންމެ ދަށްވެގެން ކިލޯއަކަށް 20 ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުން ވަނީ މަހުގެ އަގު 16 ރުފިޔާއަށް ތިރިކޮށްފައެވެ.
މި ސަރުކާރުން ވެރިކަމަށް އައިއިރު އޮތް ބެކްލޮގާއެކު ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ މިހާތަނަށް މަސްވެރިންނަށް ބިލިއަނެއްހާ ރުފިޔާ ދޫކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު