ނޮވެމްބަރުމަހު ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓްގެ އަގު 98.12 އިންސައްތައަށް އުފުލިއްޖެއެވެ.
ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓްގެ އަގު އުފުލިފައި މިވަނީ ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާޙުތަކާއެކު ދުންފަތުން ނަގަމުން އައި ޓެކްސް ދެގުނަ ބޮޑުކުރުމާ ގުޅިގެންނެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް ރިޕޯޓުން ދައްކާގޮތުން މުޅި ރާއްޖޭގެ މުދަލާއި ހިދުމަތުގެ އަގުތައް 4.05 އިންސައްތަ އުފުލިފައިވާއިރު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ސިނގިރޭޓުގެ އަގަށެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 98.12 އިންސައްތައިގެ އުފުލުމެކެވެ.
ސިނގިރޭޓްގެ އިތުރުން އެހެނިހެން ބާވަތްތަކުގެ މުދަލުގެ އަގުތައްވެސް މިހާރުވަނީ މައްޗަށްދާން ފަށާފައެވެ. އެގޮތުން ކެފޭ ރެސްޓޯރަންޓް ހިދުމަތުގެ އަގުތައްވެސް ވަނީ 15.81 އިންސައްތައިން މައްޗަށް ގޮސްފަ އެވެ. އަދި ކަނޑުދަތުރުފަތުރުގެ އަގުތައް 5.13 އިންސައްތަ އުފުލިފައިވެއެވެ.
ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ޚިދުމަތުގެ އަގުތައް އުފުލެމުންދާއިރު ސަރުކާރުން ދަނީ ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް ބަދަލުތަކެއް ގެނައުމާއި ދިގު ޒަމާންތަކެއް ވަންދެން ކުރިއަށް ގެންދިޔަ ދެމެހެއްޓެނިވި ނޫން ސަބްސިޑީތައް ހައްލުކުރުމާއި، ސިޔާސީ ގޮތުން ޚަރަދު ބޮޑު ހަރަދުތައް ރޭޝަނަލައިޒް ކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުން ފަދަ ބޮޑެތި މަސައްކަތްތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު