މިމަހުގެ 26 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ދަޢުލަތަށް 25.5 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ދަޢުލަތުގެ މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ޑިސެމްބަރު 26 ގެ ނިޔަލަށް ދައުލަތުން ކޮށްފައިވާ ޚަރަދުތަކާއި ލިބިފައިވާ އާމްދަނީގެ ތަފުސީލުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ޑިސެންބަރު 26ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ ޖުމްލަ 33.8 ބިލިއަން ރުފިޔާ އެވެ.
އޭގެތެރެއިން 25.5 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޓެކުހުގެ ގޮތުގައި ލިބުނު ޢާމްދަނީގެ ތެރެއިން ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ގޮތުގައި 13.8 ބިލިއަން ރުފިޔާ ދަޢުލަތަށް ވަނީ ލިބިފައެވެ. އޭގެތެރެއިން ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 9.1 ބިލިއަން ރުފިޔާއެވެ.
ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ގޮތްގޮތުން މިއަހަރު ދަޢުލަތަށް ލިބުނީ 7.5 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރު ޓެކުސް ނޫން ގޮތްގޮތުން ދަޢުލަތަށް 8.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިއަހަރު ދަޢުލަތުގެ ޖުމްލަ ހަރަދު 48 ބިލިއަނަށް އަރާފައިވާއިރު ކެޕިޓަލް ހަރަދުތަކުގެ ގޮތުގައި ހޭދަވެފައިވަނީ 14.8 ބިލިއަން ރުފިޔާ އެވެ.
އޭގެއިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް މިއަހަރު 4.5 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު