ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން ލަފާކޮށްފިއެވެ.

މާދަމާ އަމަލުކުރަން ފަށާ ރާއްޖެ-ޗައިނާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު 7000 އަށްވުރެ ގިނަ ބާވަތުގެ އުފެއްދުންތައް އެއްވެސް ޑިއުޓީއަކާ ނުލާ ޗައިނާއަށް އެކްސްޕޯޓު ކުރުމުގެ ފުރުސަތު ފަހިވެގެން ދެއެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ސިނާއަތަކީ މަސްވެރިކަމަށްވާއިރު، އެ އެއްބަސްވުމުގެ ސަބަބުން، މަސްވެރިކަމަށް އިތުރު ފުރުސަތުތައް ހުޅުވި މަހުގެ އުފެއްދުންތަކުގެ ވިޔަފާރި އެތައްގުނައެއް ފުޅާވެގެން ދާނެކަމަށް މަސްވެރިކަމާ ބެހޭ މިނިސްޓްރީން ލަފާކުރެއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި މަސްވެެރިން އުފައްދާ ބާވަތްތަކުގެ ހުރިހާ ބާވަތެއްހެން އެ އެއްބަސްވުމުގެ ދަށުން އެއްވެސް ޓެކުހަކާ ނުލާ ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެ ކަމަށެވެ.

އަދި އޭގެ ސަބަބުން ޗައިނާގެ ވިޔަފާރިތަކަށް ރާއްޖޭގެ ސީފުޑް ހޯދަން އިތުރަށް ފަސޭހަ ވެގެން ދާނެކަމަށް ވެސް ވަނީ ބުނެފައެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނީ ރައީސްގެ ދުރުވިސްނުންފުޅާ އެއްގޮތަށް ކުރިއަށް އެޅުއްވި އެ ފިޔަވަޅުގެ ސަބަބުން މަސްވެރިކަމުން ގައުމުގެ ޖީޑީޕީއަށް ހިއްސާކުރާ މިންވަރު އިތުރުވެ ސީދާ މަސްވެރިޔާގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެން ދާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން