ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން ފޮރިން އެކްސްޗޭންޖް ޤާނޫނު ފާސްކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވީ ބުރާސްފަތި ދުވަހު އެވެ. އަދި ރައީސް އެޤާނޫނު ތަސްދީޤު ކުރެއްވީ ޑިސެމްބަރު 14 ގައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގައި ވާގޮތުން 12 އަހަރުން ދަށުގެ ކުދިންގެ އަތުން ޑޮލަރު މާރުކުރަން ނުޖެހޭނެއެެވެ. އަދި ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި 20 އިންސައްތައަށްވުރެ މަދުން ޑޮލަރު މާރުކުރުމުގެ އިހުތިޔާރުވެސް ވަނީ ދީފައެވެ.
އެޤާނޫނުގައި ބުނެފައިވާގޮތުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި އެހެން ފަރާތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް، މީލާދީ އަހަރެއްގެ ތެރޭގައި ބޭރު ފައިސާއިން މަދުވެގެން 15 މިލިއަން ޑޮލަރުގެ ޢާމްދަނީ ލިބޭނަމަ އެ ފައިސާ ރާއްޖޭގެ ބޭންކަކަށް ޖަމާކުރަން ޖެހެއެވެ.
އަދި ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ހޮޓާތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެއެވެ. 500 ޑޮލަރު މާރުކުރުމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރުމެވެ.
މީގެއިތުރުން ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތަކުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމުލަ ޓޫރިސްޓުންނަށް ޖެހޭ އަދަދެއް ބޭންކަކަށް ރުފިޔާއިން މާރުކުރަން ޖެހެެެއެވެެ. އަދި މިކަމުގެ ބަދަލުގައި އިޚްތިޔާރެއްގެ ގޮތުން ދީފައިވަނީ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 އިންސައްތަ ރުފިޔާއިން މާރުކުރުމެވެ.
މި ޤާނޫނަށް އަމަލު ކުރަން ފެށުމާއެކު އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް 2025 ޖުލައި މަހުން ފެށިގެން ގާއިމުކުރުމާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ހެދުމާއި ކްރެޑިޓް ކާޑު ލިމިޓްތައް 2026 ގެ ފުރަތަމަ ކުއާޓަރުން ފެށިގެން ބޮޑު ކުރުމާއި އަދި ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 2025 ޖުލައި މަހުން ފެށިގެން އިތުރުކުރުން ރައީސް ފާހަގަ ކުރެއްވިއެވެ.
މިޤާނޫނަށް މިއަދު ޢަމަލުކުރަން ފަށާފައިވާއިރު ރާއްޖޭގެ ރިސޯޓު ހިންގާ ބައެއް ފަރާތްތަކުން ވަނީ މިޤާނޫނަށް ދެކޮޅުކަން ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު