މިފްކޯއިން ގަންނަ މަހަށް ވަގުތުން ފައިސާ ދެވޭނީ އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ވެގެން ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަސްވެރިން ވިއްކާ މަހަށް ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ދައުލަތުގެ ކުންފުންޏެއް ނަމަވެސް އެ ކުންފުންޏާ ގުޅޭގޮތުން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި މިފްކޯއިން މަސް ގަތް އަގާއި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަށް ބަލާއިރު އެވެރެޖްކޮށް ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ އަދަދެއެއްގެ ގެއްލުމެއް ވެފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވިއެވެ.
"މިހާރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި." ޒަހާ ވިދާޅުވި އެވެ.
މިފްކޯ އަށް ލިބޭ ގެއްލުން މިހާރު ފޫބައްދަމުން ދަނީ ސަރުކާރުން ދޭ ލޯނުންނާއި އެސްޓީއޯއިން ދޭ ފައިސާއިން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ އެހެން ސަބަބުތަކުގެ ތެރޭގައި މިފްކޯގެ ހިންގުމުގެ މައްސަލަތައް ވެސް ހިމެނޭ ކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އިހުމާލުތަކުގެ ސަބަބުން މިފްކޯގެ މާލީ ހާލަތު ދަށްވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިފްކޯއިން ފައިދާ އިތުރު ކުރުމަށްޓަކައި ގަނޑުކުރި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އަގު އެއްކުރެވޭ ބާވަތްތައް އުފައްދައި އެކްސްޕޯޓް ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ. މިފްކޯއިން އިތުރު ޕްރޮޑަކްޓްތައް އުފެއްދުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަނާ ވިދާޅުވީ އެކަންކަން ތަންފީޒު ވުމުން ކުރިއަށް އޮތްތަނުގައި މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ވާނެ ކަމަށެވެ. ސައުދީގެ އެހީގައި ގއ. ކޫއްޑޫގައި ތަރައްގީ ކުރާ 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާއިރު ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު ލިބިފައިވާ ކަން މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު