އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރި މުޒާހަރާއާއި ގުޅިގެން އިދިކޮޅު ލީޑަރޝިޕްގައި ހިމެނޭ ތިން ބޭފުޅަކު ޖޫރިމަނާކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ބޭއްވުމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއާއި އަދި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވެސް 1،000ރ. އިން ވަނީ ޖޫރިމަނާކޮށްފައެވެ. މިއާއިއެކު މި ތިންބޭފުޅުންގެ ޖޫރިމަނާގެ ގޮތުގައި 3،000 ރުފިޔާ ދައުލަތަށް ދައްކަން ޖެހޭނެއެވެ.

އިދިކޮޅުގެ އިސް ބޭފުޅުން ޖޫރިމަނާ ކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ޤާނޫނީ ވަކީލުން ވިދާޅުވީ ޖޫރިމަނާއަކީ ދައްކަންޖެހޭ އެއްޗެއް ނޫން ކަމަށް ގަބޫލުކުރެވޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އެ މައްސަލަ މި ހަފުތާގެ ތެރޭގައި ހުށަހަޅާނެ ކަމަށް ޤާނޫނީ ވަކީލުންވަނީ ވިދާޅުވެފައެވެ.

އަބްދުއްރަހީމް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވި ކަމަށް ބުނެ އިދިކޮޅު ފަރާތްތައް ފުލުހަށް ހާޒިރުކޮށް ޖޫރިމަނާކުރުމުން ސިފަވަނީ، ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި، އިދިކޮޅު ފަރާތްތަކުގެ އަތުން ޖޫރިމަނާކޮށްގެން އާމްދަނީ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގައާއި މުޅި ރާއްޖޭގައި ކުރި އިހްތިޖާޖުތަކުގައި އެތައްބަކު ވަނީ ބައިވެރިވެފައެވެ. ޕީއެންސީގެ ނައިބް ރައީސް ވިދާޅުވީ މިއަދު މިގޮތަށް މިކަން ނުކޮށް މުޒާހަރާ ކުރި ދުވަހު ފުލުހުން އެއްވި މީހުންނަށް ޗިޓް ހަވާލުކުރިނަމަ ދައުލަތަށް ބޮޑު އާމްދަނީއެއް ލިބުނީސްކަމަށެވެ. މިސަރުކާރަކީ އިޤްތިޞާދީ ކަންކަން ދަންނަ ބަޔަކަށް ނުވާއިރު، ފައިސާއާއި އާމްދަނީ އިތުރުކުރާ ގޮތްވެސް މިސަރުކާރަށް ނޭގޭކަމަށެވެ.

އިދިކޮޅު މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން މިހާތަނަށް ފުލުހަށް ހާޒިރުކުރި ބޭފުޅުންގެ ތެރެއިން ޖޫރިމަނާ ކޮށްފައިނުވަނީ ކުރީގެ ރައީސް ވަހީދު އެކަންޏެވެ. ވަހީދާއިމެދު ފުލުހުން އަމަލުކުރެއްވި ގޮތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކޮންމެ ބޭފުޅެއްގެ އަތުންވެސް މިކަމުގައި ބަޔާނެއް ނަގާފައިވާކަމަށް ހާޒިރުކުރި އިދިކޮޅު ލީޑަރޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ވިދާޅުވީ މިގޮތަށް ޗިޓް ފޮނުވައިގެން ޖޫރިމަނާ ކޮށްގެން ސަރުކާރުން ހިންގާ ކަންކަމާއި ދެކޮޅަށްކުރާ މަސައްކަތް ހުއްޓުވިދާނެކަމަށް ހީކުރުމަކީ ކުށް ހީއެއްކަމަށެވެ. މިހެން ކުރެވޭ ކަމަކުން އިދިކޮޅު ފަރާތްތައް ފަހަތައް ނުޖެއްސޭނެކަމަށް އެބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ދަތްދޮޅި

02-Sep-2020

ކަލޯމެންހީނުކުރާތިބޭނުންނަމަކުޑަކަކޫމައްޗަތިރިކުރެވިދާނެ ނޫންނަމަ ސަރުކާރެކޭނުކިޔާނެދޯ ދުނިޔޭގޒއިކޮންގައުމަކުރަތްޔިތުންބޭނުންހާގޮތަކައްވެރިކަންކުރަނީ ޓިނުބޭ



ޓްރެންޑިން