ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނާއި ތަކުރާރުކޮށް ޚިލާފްވެފައިވާތީ އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަން 150 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ސިޔާސީ ޕާޓީތަކުގެ ބަލަދުވެރިޔާ އިލެކްޝަން ކޮމިޝަނުން އިދިކޮޅު ކޯލިޝަން ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައިވާއިރު، އެކޯލިޝަންގެ އިސް 3 ބޭފުޅަކުވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ސިޔާސީ ޕާޓީތަކުން އަމަކުކުރާނެ ގޮތްތަކެއް ކަނޑައަޅައި ޚާއްސަ ޤާނޫނެއް އެކުލަވާލެވިފައިވާކަމަށެވެ. ކޮންމެ ސިޔާސީ ޕާޓީއެއްވެސް ޤާނޫނަށް ފުރިހަމައަށް ބޯލަބަންޖެހޭއިރު، އެކި ހާލަތްތަކާއި ގުޅިގެން ޚާއްސަކޮށް، މިހާރުގެ ލަތުގައި އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެބުމަކީ ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކަމެއްކަމަށެވެ.

"ސިޔާސީ ޕާޓީގެ ޤާނޫނާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި، އާންމު ސިޔާސަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި ތަކުރާރުކޮށް ޚިލާފްވުމާއި، ގުޅިގެން ޕީޕީއެމް، ޕީއެންސީ 75،000 ރުފިޔާއިން ޖޫރިމަނާކޮށްފި." އިލެކްޝަން ކޮމިޝަންގެ ޓްވީޓްގައި ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަން ޖޫރިމަނާކޮށް ކޯލިޝަންގެ އިސްސަފުގައި ހަރާކްތެތެރިވާ ބޭފުޅުން ޖޫރިމަނާ ކުރުމުން އެކޯލިޝަނުން ބުނެފައިވަނީ މިއީ ބިރުދެއްކުމަށް ކުރާ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމީހުން ހިންގާ އެއްވެސް ހަރަކާތެއް ފަސްޖެހުމެއްނެތި، މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވާތީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ. މާލޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ ޑޮކްޓަރުންނާއި ސިއްޙީ އެހީތެރިންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


7

ހަސަނު

02-Sep-2020

ރައްޔެތުން ފެލާއިގެން ސަރުކާރު ހިންގަން ރުފިޔާ ހޯދަނީ 😅 ހުރިހާ ކަމެއް ރަގަޅު ކުރަނެް އައިސަރުކާރު 😃 ޚާއްސަކޮއް ވައްކަން ހުއްޓުވަން އައި ސަރުކާން ވައްކަމެއް ނުކުރޭ 😅 ބަލާއިރު ޚަޒާނާ ހުއްނަނީ ހުހަށް 😓



ޓްރެންޑިން