މިދިޔަ އަހަރު ނޮވެމްބަރުގެ ނިޔަލަށް ޖެޓްފިއުލް ވިއްކައިގެން ލިބުނު ޢާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ރާއްޖެއިން 256.2 މިލިއަން ޑޮލަރުގެ މުދާ ރީއެކްސްޕޯޓް ކޮށްފައިވެއެވެ. 2023 ގެ އެ މުއްދަތުގައި ރީއެކްސްޕޯޓުކޮށްފައިވަނީ 233.6 މިލިއަން ޑޮލަރުގެ މުދަލެވެ.
ރީއެކްސްޕޯޓުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވެފައި ވަނީ ޖެޓުފިއުލް ވިއްކުނު މިންވަރެވެ. ނިމުނު އަހަރު އެ އަދަދުވަނީ 197.2 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. 2023 ގައި ޖެޓްފިއުލް ވިއްކުނު މިންވަރު ހުރީ 173.6 މިލިއަން ޑޮލަރުގައެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާގޮތުން ފާއިތުވި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 3.07 ބިލިއަން ޑޮލަރުގެ މުދަލެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.8 އިންސައްތަ މަދު އަދަދެކެވެ.
ހަމައެއާއެކު ޖުމްލަ އެކްސްޕޯޓުގެ ގޮތުގައި ނޮވެންބަރުގެ ނިޔަލަށް 336.9 މިލިއަން ޑޮލަރު ވަނީ ރެކޯޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު