މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ މި އަހަރުކުރީކޮޅު ގުޅާލެވޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު "ރަސް" އަށް ވިދާޅުވީ މާލެއާއި ހުޅުމާލެއާއި ދެމެދު ފެނުގެ ވިއުގަ ގުޅާލަނީ ސިނަމާލެ ބުރިޖު މެދުވެރިކޮށް ކަމަށެވެ.
އަދި އެކަން ފާއިތުވި ފަސް އަހަރުވެސް ނުކުރެވި އޮތީ އިދާރީ ކަންކަމަހުރެ ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ފެނުގެ ވިއުގަ ގުޅާލުމުން މާލޭގައި ފެނުގެ މައްސަލައެއް ދިމާވިޔަސް ހުޅުމާލެއިން ފެން ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ހުޅުމާލެގައި ފެނުގެ މައްސަލައެެއް ދިމާވިޔަސް މާލެއިން ހައްލެއް ހޯދައިދެވޭނެ ކަމަށެވެ.
"މި ބަލަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ފެނުގެ ވިއުގަ ގުޅާލެވޭނެ ކަމަށް" މަތީން ވިދާޅުވިއެވެ.
އެމްޑީ ވިދާޅުވި މާލެއާއި ހުޅުމާލޭގައި ފެން ރައްކާތެރިކުރެވޭ 5000 ޓަނުގެ ފެން ޕްލާންޓެއް ގާއިމުކޮށް މިހާރު އޮތީ ހަވާލުކޮށްފައި ކަމަށެވެ.
އެމްޑީ ވިދާޅުވީ އޭރުން މާލޭގައި މި އަހަރު ފެން އުފެއްދޭ މިންވަރު 30 ޕަސެންޓް އިތުރުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު