އީސީގެ މުވައްޒިފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުން ހުއްޓާލުމަށް އެކަން ކުރާ ފަރާތްތަކަށް އިލެކްޝަން ކޮމިޝަނުން ގޮވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ އެއްގޮތަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ޢަމަލުކުރަމުންދާއިރު، ސޯޝަލް މީޑީއާ އާއި އެހެނިހެން ގޮތްގޮތަށް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންނަށް ބިރުދައްކައި، ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ކަންކަން މިހިނދުން މިހިނދަށް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ ދަށުން، އިލެކްޝަންސް ކޮމިޝަނަކީ ވަކި ފަރާތަކަށް ބުރަނުވާ، މުސްތަޤިއްލު މުއައްސަސާއެއްކަމާއި، ކޮމިޝަނުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަމުގައި ބަޔާންކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ޤާނޫނީ ޒިންމާ އަދާކުރަމުންދަނީ ޤާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުގެ މަތިންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އިލެކްޝަން ކޮމިޝަނަކީ އިންތިޚާބުގެ ކަންކަން ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަމަށް މަގުފަހިކުރުމާއި އަދި އިންތިޚާބުތައް ހިނގަނީ އިންސާފުވެރިކަމާއެކު، ބިރުވެރިކަމެއް، ބިރުދެއްކުމެއް، ތަޅާފޮޅުމެއް، ނުރަނގަޅު ނުފޫޒެއް، އަދި ކޮރަޕްޝަނެއް ނެތި މިނިވަންކަމާއެކު ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ފުރިހަމައަށް އަދާކުރެވޭގޮތަށްކަން ކަށަވަރު ކުރުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން އަބަދުވެސް ޔަޤީންކުރާ ކަމެއް." އީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަން ކޮމިޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ އެކޮމިޝަންގެ މެމްބަރުންނަށާއި، މުވައްޒިފުންނަށް ފަހަކަށް އައިސް އިންޒާރުދީ ތަފާތު ދުއްތުރާތައް ކުރިމަތިވާކަމަށްބުނަމުން ދާ ދަނޑިވަޅެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން