ޤުރުއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބުކަމެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ބުނީ ކީރިތި ގުރުއާނަކީ الله އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ބާވައިލެއްވި އިލާހީ ގާނޫނު ކަމަށާއި އަދި މިއީ މުސްލިމުން ދިރިއުޅެންވީ ގޮތުގެ މަންހަޖުވެސް ކަމަށެވެ.
އެހެންވެ ގުރުއާން ކިޔަވައި، އެފޮތާ އެއްގޮތަށް އުޅުމާއި ސުލޫކު ބައްޓަންކުރަން މުސްލިމުންނަށް ވަނީ ހުތުބާގައި ހަނދާންކޮށްދީފައެވެ.
އަދި އަހަރުމެންގެ ދަރީންނަށް ކީރިތި ޤުރްއާން އުނގަންނައިދޭން ޖެހޭކަން ވެސް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެހެން ނަމަވެސް މިއަދު ކިީރިތި ގުރުއާނަށް އަމަލުކުރުން އަހުރެމެންނަށް އުނދަގުވެފައިވާ ކަމަށް ހުތުބާގައި ބުންޏެވެ. އަދި އޭގެ ނަތީޖާއަކީ އަހަރުމެން ދީނާ ދުރުވެ ނިކަމެތިވުން ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.
"ކީރިތި ޤުރްއާން ކިޔެވުމާއި ޤުރްއާނަށް ޢަމަލުކުރުމަކީ، އަހުރެމެންގެ މައްޗަށް ވާޖިބު ކަމަކަށްވީ ހިނދު، ޤުރްއާނުން މީހާ ޒީނަތްތެރިވުމަކީ ވެސް ވާޖިބު ކަމެކެވެ. އެގޮތުން ތިމާގެ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމަކީ އެންމެ ފުރަތަމަ ޒީނަތެވެ." ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ދެވަނަ ޒީނަތަކީ ﷲއަށް ބިރުވެތިވުމުގައި ތިމާގެ ނަފުސު ޒީނަތްތެރިކުރުން ކަމަށެވެ. އަދި ތިންވަނަ ޒީނަތަކީ ގުރުއާނުގެ އެންމެހައި ކަމެއް ތެދުކުރުން ކަމަށް ބުނެފައިވާ އިރު ގުރްއާނުން ޒީނަތްތެރިވުމުގައި ހަތަރުވަނަ ޒީނަތަކީ މަޑުމައިތިރިވުމާއި ކެތްތެރިވުންކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު