އިއްޔެ ހެނދުނުން ފެށިގެން މާލޭ ސިޓީއަށް މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދައި މިއަދު 08:30 ހާއިރު މަގުތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މާލޭ ސިޓީގެ މަގުތަކުން ފެން ހިންދުމަށް އިއްޔެ 11:37 ހާއިރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު ވަނީ މަގުތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަންގައި 30569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
އޭގެ އިތުރުން ވިއްސާރައާ ގުޅިގެން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތްކުރަމުންދިޔަ ގިނަ ރަށްތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެސްފައި ކަމަށްވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ އިއްޔެ މާލެ އަށް 162 މިލިމީޓަރު، އަދި ހުޅުމާލެ އަށް 164މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިގޮތުން އެންމެ ބޯކޮށް ވެހިފައިވަނީ އިއްޔެ ހަވީރު ކަމަށާއި އެގަޑީގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓުން ބުނެ އެވެ.
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ 6 ސަރަހައްދެއްގައި 17 ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަކުލަށްވުރެ މައްޗަށް ފެންބޮޑުވެފައި ހުއްޓެވެ. އަދި ބޯކޮށް ވާރޭވެހި މޫސުން ގޯސްވެ ސިނަމާލެ ފްލެޓް ސަރަހައްދުގައި ހުރި ބޮޑު ދެ ގަހެއް ވެއްޓިފައިވެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށްވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށްފަހު ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
މިއަދު ހަވީރު 6:00 އާ ހަމައަށް މޫސުން ލަފާކޮށް މެޓުން އާންމުކުރި މައުލޫމާތުގައި ވާގޮތުން އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު