މާލެއަށް އިއްޔެ އާއި ރޭ ކުރި ވިއްސާރާގައި މާލޭގެ މަގުތަކުން 30569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ އިއްޔެ ހެނދުނުން ފެށިގެން މާލޭ ސިޓީއަށް މެދުނުކެނޑި ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދައި މިއަދު 08:30 ހާއިރު މަގުތައް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މި އޮޕަރޭޝަންގައި 30569 ޓަނުގެ ފެން ހިންދާފައިވާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.
މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ވަނީ 6 ސަރަހައްދެއްގައި 17 ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.
އިއްޔެ ވެހުނު ބޯވާރޭގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަކުލަށްވުރެ މައްޗަށް ފެންބޮޑުވެފައި ހުއްޓެވެ. އަދި ބޯކޮށް ވާރޭވެހި މޫސުން ގޯސްވެ ސިނަމާލެ ފްލެޓް ސަރަހައްދުގައި ހުރި ބޮޑު ދެ ގަހެއް ވެއްޓިފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ބުނީ އިއްޔެ މާލެއަށް 162 މިލިމީޓަރު، އަދި ހުޅުމާލެއަށް 164 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިގޮތުން އެންމެ ބޯކޮށް ވެހިފައިވަނީ އިއްޔެ ހަވީރު ކަމަށާއި އެގަޑީގައި 60 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓުން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށްވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށްފަހު ކަމަށްވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު