ކޯވިޑް-19 ޖެހިފައިވާ ބަލި މީހަކު ކޯވިޑް ފެސިލިޓީ ހުންނަ ގއ. ވިލިނިގިއްޔަށް ނޭރުވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބެއް ހިނގައިފިއެވެ.
ތިނަދޫ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން 68 އަހަރުގެ މީހާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް ވިލިގިއްޔަށް އެރުވުމަށް މަސައްކަތް ކުރުމުން އެރަށުގައި އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމުން އެރަށައް ނާރުވައި ބަލި މީހާ މިހާރު ވަނީ ތިނަދޫ އަށް ގެންގޮސްފައެވެ.
މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޯތި ތެރޭގައި ސައުދުއާއެކު ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިޔާގައި ވަނީ ވައިރަލްވެފައެވެ.
މެމްބަރު ސައުދު ދެއްކެވި ވާހަކަތަކަކާއި މެދު ހިތްހަމަޖެހިވަޑައިނުގެން މެމްބަރު ސަނީފް އާއި ފިރުޝާން ވަނީ ވާހަކަ ދައްކަވާފަ އެވެ. ކޯވިޑް-19 ޖެހިފައިވާ ބަލި މީހަކު ގދ. ތިނަދޫ އިން ބޭރުކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވިއެވެ. އެގޮތުން މެމްބަރު ފިރުޝާން ވިދާޅުވީ ފުވައްމުލަކު ނުވަތަ ތުރާކުނުން އައިކަމުގަައި ވިޔަސް ވިލިނގިލީ ފަޅަށް ބަލި މީހަކު ގޮވައިގެން އައިސްފިނަމަ އަރުވަން ޖެހޭނެ ކަމަށެވެ. އަދި ރަށަށް ނާރުވާ އެއްވެސް ހުއްޖަތެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބަޔަކު މުޒާހަރާ ކުރަންޏާ އެބަޔަކު ހައްޔަރުކުރުމަށް ފަހު ވެސް އަރުވަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ތެނަދޫ އިން ޕޭޝަންޓް ބޭރަ ކެރީމަ، ކޮވިޑް ޕޭޝަންޓަކު ތެނަދޫން ބޭރަކެރީމަ އެއީ ބޮޑު މައްސަލައަކޫ." ވިލިގިއްޔަށް ބަލި މީހާ ނޭރުވި މައްސަލަ ދިފާއު ކުރައްވައި ސައުދު ވިދާޅުވިއެވެ.
އެހެން ވިދާޅުވުމާއެކު މެމްބަރު ސަނީފް ވިދާޅުވީ ކޮވިޑް ފެސިލިޓީ ހުރީ ވިލިނގިލީގައި ކަމަށެވެ. އަދި އެތަނަކީ ވަގަށް ނެގި އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ޕޭޝަންޓަކު ރަށަށް ނާރުވާ ނުހިފެހެއްޓޭނެ ކަމަށާއި އެތަނަކީ ވިލިނގިލީ ތަނެއް ނޫން ކަމަށާއި އެއީ އަތޮޅުގެ ރައްޔިތުންގެ ތަނެއް ކަމަށް ސަނީފް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު