މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތު
ގުޅީފަޅުގެ މަގުތަކާއި މުނިސިޕަލް އިމާރާތްތައް އަޅަން ޗައިނާގެ ސީއެމްއީސީއަށް ޙަވާލުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ގުޅީފަޅުގެ މަގުތައް ތަރައްގީ ކުރުމަށް ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އެކަމަށްޓަކައި މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ކަމަށެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ނައިބު ރައީސް އަލްއުސްތާޛް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ބައެއް އެހެން އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސީއެމްއީސީއާއި އެ މިނިސްޓްރީ އާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން ސީއެމްއީސީއާ އެކު އެ މިނިސްޓްރީން ގުޅީފަޅުގެ ތަރައްގީއާ ގުޅޭ ޓެކްނިކަލް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ޕްރޮޖެކްޓް ސްކޯޕިންގ، ކޮންސެޕްޓު ލެވެލްގެ ޑިޒައިން އަދި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކޮށްފައިވާ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.

އަދި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން މައިގަނޑު ގޮތެއްގައި ކުރާނީ ކަރަންޓު ޑިސްޓްރިބިއުޝަން ނިޒާމު ގާއިމްކުރުމާއ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރުމާއި ޑީވޯޓަރިންގ ނިޒާމު ގާއިމްކުރުންކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ހެދުމާއި، ޖީޕީއޯއެން ޑަކްޓް ސިސްޓަމް ޤާއިމުކުރުމާއި، އަދި ގޭސް ސްޓޯރޭޖާ ޑިސްޓްރިބިއުޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް އެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން އިން ރީޖަނަލް ޖެނެރަލް މެނޭޖަރ ކިއާން ހައޯޖޫން އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން