ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ކޮންމެ ސަބަބަކާހުރެ ވިޔަސް އާންމު ސިއްޙަތުގެ ނިޒާމަށް ހުރަސްއެޅުން ބަލައި ނުގަނެވޭނެ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާސީ ސަބަބަކާހެދި ވިޔަސް ނުވަތަ އެހެން ސަބަބަކާ ހެދި ވިޔަސް، އާންމު ސިއްޙަތުގެ ނިޒާމަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ މައްސަލަތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އެހެން ވިދާޅުވެފައިވާއިރު، ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ''ރާއްޖެ ވިއްކާލުމުގެ'' ނަމުގައި މާލޭގައި ބޭއްވި ސައިކަލް ބުރުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ ޚިލާފުވުމުގެ ސަބަބުން އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގް ކުރަމުންނެވެ. އެމައްސަލައިގައި އިދިކޮޅު ކޯލިޝަން ލީޑް ކުރައްވާ ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ އާއި ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުކޮށް އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އަމަލުކުރި ކަމަށް ބުނެ ކޮންމެ ބޭފުޅަކު ވަނީ 1000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވެސް އެމައްސަލައިގައި ފުލުހުންގެ އިދާރާ އަށް ހާޒިކޮށްފައިވާއިރު އެޗްޕީއޭގެ ގައިޑްލައިން އާއި ޚިލާފަށް އެއްވުމެއް ބޭއްވި ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން މިހާރު ވަނީ ޕީޕިއެމް އާއި ޕީއެންސީ ކުރެ ކޮންމެ ޕާޓީއެއް 75000 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން