މިއީ ތަރައްގީގެ އަހަރެއް ކަމަށާއި ހުރިހާ ދާއިރާއަކުންވެސް އަމަލީ ތަރައްގީ ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200، އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މިއަހަރަކީ ތަރައްޤީގެ އަހަރު ކަމަށެވެ. އެގޮތުން ކުރިއަށް އޮތީ ތަރައްޤީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިގެންދާނީ އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުންވެސް ތަރައްޤީގެ ޢަމަލީ މަންޒަރުތައްކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްޤީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ޙާޞިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެސްދެއްވުމަށްކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޤައުމުގައި ތަރައްޤީގެ ކަންކަން ވަރަށް ބާރުމިނުގައި ކުރިއަރައިގެންދާ އަހަރަކަށް މިއަހަރު ހުރިހާ އެންމެންގެ މަސައްކަތުން ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތާއިދާއެކުގައި ވެގެންދާ އަހަރަކަށް ވެގެންދާނެ،" ރައީސް ވިދާޅުވިއެެވެ.
މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސް އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަޅުގަނޑުމެންގެ އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ނިންމެވީ، 17 ޑިސެންބަރު 2023 ގައެވެ. ރާއްޖެއަށް ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ތަޢާރަފްކުރެއްވުމަކީ ރައީސްގެ ރިޔާސީ ކެމްޕެއިންގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު